ހަބަރު

ބެނެފިޓްގެ ފަރާތުން ބާއްވާ ރުއްގަނޑު ފެސްޓިވަލް މާދަމާ!

ބެނެފިޓް ގެ ފަރާތުން ބާއްވާ ހާއްސަ ފެސްޓިވަލެއް ހޮނިހިރު ދުވަހު ހުޅުމާލޭ ރުއްގަނޑު އެކެއްގައި ބޭއްވުމަށް ވަނީ ހަމަޖައްސާފަ އެވެ. ބެނެފިޓްގެ ފަރާތުން މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ މި ފެސްޓިވަލްގެ މަގުސަދަކީ ބެނެފިޓްގެ ޕްރޮގްރާމްތަކަށް ފަންޑްރެއިސްކުރުމާއި ހުޅުމާލޭ ފޭސް 2 ފެހިކުރުމަށް ޑޮނޭޓްކުރުމަށް ބޭނުންވާ ފަންޑް ރެއިސް ކުރުންކަމުގައެވެ.

މާދަމާ ހަވީރު ފަށާ މި ފެސްޓިވަލްގައި ތަފާތު އެކި އެކި ފުޑްސްޓޯލާއި ޒުވާން އާޓިސްޓުންގެ މަސައްކަތާއި ކްރާފްޓްތަކަށް ވިއްކާ ފަރާތްތަކުގެ އިތުރުން ކުޑަކުދިންނަށް ބައިވެރިވެވޭނެ ހަރަކާތްތައް ކުރިއަށްދާނެ އެވެ. އަށާރަ ސްޓޯލާއި އެކު ކުރިއަށް ދާ މި ފެސްޓިވަލްގައި ރޭގަނޑު ކުރިއަށްދާނި މިއުޒިކް ޝޯއަކާއި އެކުގައި އެވެ. މަޝްހޫރު މިއުޒިޝަނުން ކަމުގައިވާ ޝަލަބީ، ފަސީ، ޒަކިއްޓެ އަދި ޝިފާގެ ހުށެހެޅުން ކުރިއަށްދާނެ އެވެ.

ބެނެފިޓްގެ ފަރާތުން މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ރަސްފައްނުގައި ވަނީ މިފަދަ ހަަރަކާތެއް ބާއްވާފަ އެވެ. އަދި މީގެ އިތުރުންވެސް ކުދިންބެލުމާއި ގުޅޭ މައުލޫމާތު ބައްދަލުވުމެއްވެސް ބާއްވާފަ އެވެ.