ދުނިޔެ

އިންޑޮނޭޝިއާއަށް ސުނާމީގެ އިންޒާރު

Aug 2, 2019

ބިންހެލުންތައް ގިނަ އިންޑޮނޭޝިއާއަށް މިއަދު އައި ބިންހެލުމާއެކު ސުނާމީގެ އިންޒާރު ނެރެފި އެވެ. މިއަދު ބިން ހެލުން އައިސްފައިވަނީ ސުމަޓްރާގެ ހުޅަނގު ދެކުނަށް އޮންނަ އަވަށަކަށެވެ.

ރެކްޓާ މިންގަނޑުން 6.9 ގެ ބާރުމިނުގައި އައި ބިންހެލުމުގައި މީހަކަށް ގެއްލުންވި ކަމުގެ މައުލޫމާތެއް އަދި ނުލިބެ އެވެ.

ބިންހެލުން އައި އަވަށުގެ މީހުން ރައްކާތެރި ހިސާބުތަކަށް ދިޔުމަށް ވަނީ ސުނާމީގެ އިންޒާރާއެކު އިލްތިމާސްކޮށްފަ އެވެ. މި ބިންހެލުމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.