ހަބަރު

މޫދު މާކަނޑުގެ ފެސްޓް ދިގުރަށުގައި ބާއްވައިފި

ރާއްޖޭގެ ކަނޑުތަކާއި ކަނޑުތަކުގެ ދިރުންތަށް ހިމާޔާތް ކުރުމާ ގުޅޭ ގޮތުން ބާއްބާ މޫދު މާކަނޑުގެ ހަތަރު ވަނަ ފެސްޓިވަލް މިއަދު އދ. ދިގުރަށުގައި ކުރިއަށް ގެންގޮސްފި އެވެ.

މޫދު މާކަނޑު ފެސްޓިވަލަކީ އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗަރިން (އައިސީޔޫއެން) އިން ކަނޑުގައިވާ ދިރުންތަށް ދެނެގަތުމަށް ބާއްވާ ފެސްޓިވަލެކެވެ. މިއަދު ކުރިއަށް ދިޔަ ފެސްޓިވަލްގައި އދ. އަތޮޅުގެ ހުރިހާ ރަށެއްގެ ސެކަންޑްރީ ގްރޭޑުގެ ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ. މާކަނޑު ފެސްޓިވަލް އައިސީޔޫއެން އިން ބާއްވަނީ ސަރުކާރުގެ އިދާރާތަކާއި ބައެއް އަމިއްލަ ޖަމިއްޔާތަކާ ގުޅިގެންނެވެ.

މިއަދުގެ ފެސްޓިވަލްގެ ތެރެއިން ތިމާވެށި ހިމާޔަތްކުރަން މަސައްކަތް ކުރާ ދިގުރަށު ޖަމިއްޔާތަކުން ވަނީ ސްޓޯލްތަށް ގާއިމްކޮށް، ފެސްޓިވަލްގައި ބައިވެރިވި ދަރިވަރުންނަށް މައުލޫމާތު ދީފަ އެވެ. އަދި ތިމާވެށި ހިމާޔަތް ކުރުމާ ގުޅޭ ގޮތުން ޑޮކިއުމެންޓްރީ އެއްވެސް ފެސްޓިވަލްގެ ތެރެއިން ވަނީ އަޅުވާފަ އެވެ.

ދިގުރަށުގައި ކުރިއަށް ދިޔަ މާކަނޑު ފެސްޓިވަލްގެ ތެރެއިން ގައުމީ ޔުނިވާސިޓީން ވަނީ ބެޗްލޯރާސް އޮފް މެރިން ސައިންސްގެ ކޯހެެއް ވެސް އިފްތިތާހުކޮށްފަ އެވެ. މީގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ ދަރިވަރުންގެ ކަނޑުގެ ދިރުންތަށް އެއްގަމު ތިމާވެއްޓަށް މުހިންމުވާ ގޮތާއި ބެހޭގޮތުން ދަރިވަރުންގެ މެދުގައި ޕެނަލް ޑިސްކަޝަނެއް ބާއްވައި ފަރުތަކާއި ގުޅޭ މުރަލް އާޓް ހެދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ.