ފޯކްލިފްޓް އޮޕަރޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އެމެރިކާ ރައްޔިތެއްކަމުގައިވާ ޕެޓްރިކް ހޯގްލަންޑް، 30 ވަޒީފާ ގެއްލުމުން އާ ވަޒީފާއެއް ހޯދުމަށް މަސައްކަތް ކުރީ ތަފާތު ގޮތަކަށެވެ.
އެމެރިކާގެ ފީނިކްސްގައި ދިރިއުޅޭ ޕެޓްރިކް ވަޒީފާއެއް ހޯދުމަށް އޭނާގެ ސީވީގެ 200 ކޮޕީ ނަގައިގެން ޓްރެފިކް ބާރުބޮނޑި ހަތަރު އަނގޮޅިތަކުގައި ގަދަ ހޫނުގައި ސީވީ ބެހީ އެވެ. ޕެޓްރިކް ބުނިގޮތުގައި މިކަން ކުރުމަށް މެދުވެރިވީ އޭނާ ވަޒީފާ ގެއްލުނުތާ މަހެއްވީއިރުވެސް އޮންލައިންކޮށާއި އަދި ވަޒީފާއަށް ހޯދުމަށް ތަފާތު އެކި އެކި އެޕްލިކޭޝަންލުމަށްފަހު ކާމިޔާބު ނުވުމުންނެވެ.
އެއްވެސް ފަރާތަކުން ޖަވާބެއް ނުލިބުމުގެ ސަބަބުން ޕެޓްރިކް ވަޒީފާއެއް ހޯދުމަށް ތަފާތު ގޮތަކަށް މަސައްކަތް ކުރީކަމުގައި އޭނާ ބުނެފައިވެ އެވެ. މިގޮތުން ތިން ދުވަސް ވަންދެން މަގުމަތީގައި ވަޒީފާ ގެއްލިގެން ވަޒީފާއެއް ހޯދުމަށް ބޭނުންވާކަމަށް ބޯޑެއް ހިފައިގެން ހުރެ އޭނާ ސީވީ ބެހީ އެވެ.
މިގޮތަށް ސީވީ ބެހުމަށްފަހު ޕެޓްރިކަށް ކާމިޔާބު ލިބުނީ ޕަބްލިކް ރިލޭޝަންސްގައި މަސައްކަތް ކުރާ މެލިސާ ޑިޖަންފިލިޕޯއާއި ބައްދަލުވުމުންނެވެ. މެލިސާ ބުނިގޮތުގައި ގަަދައަވީގައި މަސައްކަތެއް ހޯދުމަށް ޕެޓްރިކް މަސައްކަތްކުރި މަންޒަރު ފެނުމުން އޭނާގެ ކުންފުނިން ވަޒީފާއެއް ހަމަޖައްސައިދިނުމަށް ސީވީ ހޯދީކަމަށެވެ. އެހެންނަމަވެސް މާކެޓިންގް އަދި ޕަބްލިކް ރިލޭޝަންސްގެ ތަޖުރިބާ ނެތުމުން ސޯޝަލް މީޑިއާގައި ޕެޓްރިކްގެ ސީވީ އާއި ފޮޓޯ ހިއްސާ ކުރީ އެވެ.
ސޯޝަލް މީޑީއާގައި ވައިރަލްވި މި ޕޯސްޓާއި އެކު ޕެޓްރިކަށް 100 އެތައް ވަޒީފާގެ ފުރުސަތު ލިބުނެވެ. އަދި އޭނާވަނީ ކޮންކްރީޓް މަސައްކަތް ކުރާ ކުންފުންޏެއްގައި މަސައްކަތް ފަށާފަ އެވެ. ޒުވާން ބައްޕައެއް ކަމުގައިވާ ޕެޓްރިކް ވަނީ މެލިސާ އޭނާއަށް ވަޒީފާއެއް ހޯދުމަށް އެހީތެރިވުމުން ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.