މޯލްޑިވްސް އާޓިސްޓް އެސޯސިއޭޝަން އިން ދިވެހި އާޓިސްޓުންގެ ހުނަރުދައްކާލާ މައުރަޒު "އަންވެއިލިންގ ވިޝަންސް 2019" ހުޅުވައިފި އެވެ.
ނެޝަނަލް އާޓް ގެލެރީގައި ރޭ ހުޅުވާލި މި އެގްޒިބިޝަން ރަސްމީކޮށް ހުޅުއްވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އެވެ. މި އެގްޒިބިޝަންގައި މިއަހަރު 58 ވިޝުއަލް އާޓިސްޓުން ބައިވެރިވެ އެމީހުންގެ ހުނަރު ދައްކާލާފައިވެ އެވެ.
މޯލްޑިވްސް އާޓިސްޓް އެސޯސިއޭޝަން އިން މިފަދަ އެގްޒިބިޝަނެއް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ޒުވާން އާޓިސްޓް ގެ ފަންނުވެރިކަން ދައްކާލުން ކަމުގައިވާއިރު މި އެގްޒިބިޝަންގައި ފައިންއާޓް، ސްކަލްޕްޗަރ، ޑިގިޓަލް އާޓް ހުނަރު ދައްކާލަދެ އެވެ.
މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީއިން 30 އަހަރުން ދަށުގެ ފަންނުވެރުވެރިންނަށް ހިތްވަރު ދިނުމުގެގޮތުން ދޭ އެވޯޑް "މޯސްޓް ވައިބްރަންޓް އާޓިސްޓް އެވޯޑް" މި އަހަރު ހާޞިލްކުރި 3 ފަންނުވެރިންނަށް އެވޯޑް ދީފައިވެއެވެ. މި އެވޯޑް ހާސިލްކުރީ ޙަސަން ރާއިފް ސިރާޖް، އައިޝަތު ޝުއައިލާ ރަޝީދު އަދި މުޙައްމަދު ރައްޒާން ޢަބްދުﷲ އެވެ.
2016 އިން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުންދާ މި އެކްޒިބިޝަން އޯގަސްޓް 7 ގެ ނިޔަލަށް އޮންނާނެވެ.
.