ވިޔަފާރި

އަލްނޫރު ހިކިކިރު ޕެކެޓަކާއެކު ތައްޓެއް!

Aug 4, 2019

ހިކި ކިރުގެ ބްރޭންޑުތައް ބާޒާރުގައި ގިނަ އެވެ. މީގެ ތެރެއިން އެއް ބްރޭންޑަކީ އެސްޓީއޯ އިން ވިއްކާ އަލްނޫރު ހިކި ކިރެވެ. އޮމާންގެ މޮޅު މި އުފެއްދުމުގެ ޕްރޮމޯޝަނެއް އެސްޓީއޯ ސުޕަމާކެޓުން ފަށާފައިވާއިރު އަލްނޫރު ހިކި ކިރު ގަންނަ ފަރާތްތަކަށް ހާއްސަ ހަދިޔާއެއް ލިބޭނެ އެވެ. އެއީ އަލް ނޫރު ލޯގޯ ޖެހި ބިއްލޫރި ތައްޓެކެވެ.

"މިއީ ރާއްޖޭގެ މާކެޓުގައި ވިއްކާ ހިކިކިރު ޕްރޮޑަކްޓްތަކުގެ ތެރެއިން އެންމެ ރަނގަޅު އެއް ޕްރޮޑަކްޓްޓޭ ބުނެވިދާނެ. މޮޅު، އަގު ހެޔޮ އެއް ހިކި ކިރުގެ ބްރޭންޑްމީ. އެހެންވެ، ކަސްޓަމަރުންގެ ވަރަށް ބޮޑު ތަރުހީބެއް މި ހިކި ކިރަށް ލިބޭ،" އެސްޓީއޯގެ ސީނިއަ މެނޭޖަރު މާކެޓިން އައިމިނަތު ޝުރުފާ ވިދާޅުވި އެވެ.

އަލްނޫރު ހިކި ކިރުން މިހާރު ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަންގައި 800 ގުރާމްގެ ޕެކެޓެއް 95 ރުފިޔާ އަށް ލިބެ އެވެ. އަދި 2.5 ގުރާމްގެ ބޮޑު ޕެކެޓެއް 245 ރުފިޔާ ލިބޭނެ އެވެ. މީގެ އިތުރުން ގަނޑުކޮށް ގަންނަ ފަރާތްތަކަށް ހާއްސަ އަގުތަކެއްގައި މި އުފެއްދުން ލިބެން ހުންނާނެ އެވެ.

އަލް ނޫރު ހިކި ކިރުގެ ޕްރޮމޯޝަން ޑިސެމްބަރު މަހުގެ ނިޔަލަށް ކުރި އަށް ދާނެ އެވެ.

ޝުރުފާ ވިދާޅުވީ މި ޕްރޮމޯޝަން ފެށުމުގެ މަގުސަދަކީ މިދިޔަ އަހަރުގެ ޕްރޮމޯޝަން އަށް ލިބުނު ތަރުހީބަށް ބެލުމަށްފަހު ކަމަށެވެ.

"މިދިޔަ އަހަރުގެ ޕްރޮމޯޝަންގައި ވެސް ތަށި ދޭތީ ވަރަށް ރަނގަޅު ތަރުހީބެއް ލިބުނު. އެހެންވެ މި އަހަރު ވެސް ޕްރޮމޯޝަން ކުރި އަށް ގެންދަން ނިންމީ" ޝުރުފާ ވިދާޅުވި އެވެ.