އެސްޓީއޯ

އެސްޓީއޯ އިން ކެންސަރު ބައްޔަށް ހާއްސަ ބޭސްތަކެއް ތައާރަފުކޮށްފި

އެސްޓީއޯ އިން ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ބޭސްތަކެއް މިއަދު ތައާރަފުކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ބޭސްތައް ތައާރަފުކޮށްދެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު އަބްދުﷲ މާހިރު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހު ވިދާޅުވީ މި ސަރުކާރުން ޕޮލިސީ ލެވެލްގައި ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް އެންމެ ފަހުގެ ބޭސްތަކާއި ހިދުމަތްތައް ތައާރަފުކުރެވިގެން ދާނެ ކަމަށް ޝާހު ވިދާޅުވި އެވެ.

މިއަދު ތައާރަފުކުރި ބޭސްތަކަށް ޑޮކްޓަރުންނާއި ނަރުހުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މިއަދާއި މާދަމާ ކުރިއަށް ދާނެ އެވެ. މި ތަމްރީނު ޕްރޮގްރާމުގައި މައުލޫމާތު ދިނުމަށް ރާއްޖެއިން ބޭރުގެ ޑޮކްޓަރުން ބައިވެރި ވާނެ އެވެ.

މި ބޭސްތައް ތައާރަފުކުރީ އެސްޓީއޯއާ އިންޑިއާގެ ޑރ ރެޑީސް ފާމަސީއާ އާސަންދަ ކުންފުންޏާއި ކެއާ ސޮސައިޓީ ގުޅިގެނެވެ.މި ބޭސްތަކުން އާސަންދަ ކަަވާ ކުރާނެ އެވެ. އަދި ރާއްޖޭގައި ގާއިމްކޮށްފަ ހުރި އެ ކުންފުނީގެ 187 ބޭސް ފިހާރަތަކުން ބޭސްތައް ލިބެން ހުންނާނެ ކަމަށެވެ.