ހަބަރު

ދެ ރަށެއްގެ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ލ. މައިބާދޫގެ އިތުރުން ގދ. ތިނަދޫގެ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު އެވެ.

ތިނަދޫގެ ބަނދަރު ހެދުމުގެ މަޝްރޫއު ހަވާލުކުރީ 17.34 މިލިއަން ރުފިޔާ އަށް 180 ދުވަހުގެ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.. އަދި މާބައިދޫގެ މަޝްރޫއު ހަވާލުކުރީ 16.42 މިލިއަން ރުފިޔާ އަށް 120 ދުވަހުގެ މުއްދަތަށް ނިންމުމަށެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރުގެ ނެރު ފުން ކުރުމާއި ބަނދަރު ސަރަހައްދުގައި ލައިޓް ޖެހުމާއި ބިން ހިއްކުމުގެ އިތުރުން ޕޭވްމެންޓް ހެދުން ހިމެނެ އެވެ.