ވިޔަފާރި

މިދިޔަ އަހަރު އެންމެ ގިނައިން ޓެކްސް ދެއްކި ބޮޑު ކުންފުންޏަކީ ބީޔޫސީޖީ

Aug 5, 2019
2

މިދިޔަ އަހަރު ދައުލަތަށް އެންމެ ގިނައިން ޓެކްސް ދެއްކި ބޮޑު ކުންފުންޏަކީ އެއާޕޯޓުގެ ގިނަ މަސައްކަތް ތަކެއް ކުރަމުން ގެންދާ ޗައިނާގެ ބީޔޫސީޖީ ކުންފުންޏެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހުކުރު ދުވަހުގެ ރޭ ބޭއްވި ހާއްސަ ހަފުލާއެއްގައި ވަނީ އެންމެ ގިނަ އިން ޓެކްސް ދެއްކި ކުންފުނިތަކަށް "ރަންލާރި އެވޯޑް" ދީފަ އެވެ. މިދިޔަ އަހަރު ރަންލާރި އެވޯޑު ލިބުނު ކުންފުނިތަކުގެ ތެރެއިން ބޮޑެތި ވިޔަފާރިތަކުގެ ކެޓަގަރީ އިން ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އަށް ވަނީ އެވޯޑު ދީފަ އެވެ.

ޗައިނާގެ ބީޔޫސީޖީއަކީ ވެލާނާ އިންޓަނޭޝަން އެއާޕޯޓް (ވީއައިއޭ) ގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ކުންފުނިން ވަނީ އާ ރަންވޭއަކީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ހަދާފަ އެވެ. އަދި ސީޕްލޭން ޓާމިނަލް ހެދުމުގެ މަސައްކަތް 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) އަށް ކުރަނީ ވެސް އެ ކުންފުނިންނެވެ. މީގެ އިތުރުން ކާގޯ ކޮމްޕްލެކްސްއަކާއި ފިއުލް ފާމް ހިމެނޭ މަސައްކަތް ކުރަނީ ވެސް ބީޔޫސީޖީ ކުންފުނިންނެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 373 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 5.7 ބިލިއަން ރުފިޔާ) އަށެވެ.

އެ ކުންފުނިން ވަނީ 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން އާ ރަންވޭވެސް ހަދާފަ އެވެ. އަދި ސީޕްލޭން ޓާމިނަލް ހެދުމުގެ މަސައްކަތް 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) އަށް ކުރަނީ ވެސް އެ ކުންފުނިންނެވެ. މީގެ އިތުރުން ކާގޯ ކޮމްޕްލެކްސްއަކާއި ފިއުލް ފާމް ހިމެނޭ މަސައްކަތް ކުރަނީ ވެސް ބީޔޫސީޖީ ކުންފުނިންނެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 373 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 5.7 ބިލިއަން ރުފިޔާ) އަށެވެ.