ހަބަރު

"މައި ހުޅުމާލެ ޕޯޓަލް" އިފްތިތާހުކޮށްފި

އެޗްޑީސީގެ ހިދުމަތްތައް ފަސޭހަގޮތެއްގައި ފޯރުކޮށްދިނުމަށް "މައި ހުޅުމާލެ ޕޯޓަލް" އެ ކުންފުނިން އިފްތިތާހުކޮށްފި އެވެ.

މި ޕޯޓަލް މެދުވެރިކޮށް ހުޅުމާލޭގައި އިމާރާތް ކުރުމާއި ގުޅޭގޮތުން ނަގަންޖެހޭ އެކި އެކި ހުއްދަތައް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި، ހިދުމަތްތަކަށް ފައިސާ ދެއްކުމާއި އެދުނު ހިދުމަތްތައް ކުރިއަށްދާގިތް އޮންލައިންކޮށް އަދި އެސްއެމްއެސް މެދުވެރިކޮށްވެސް ބަލާލެވޭނެ ކަމަށް ބުންޏެވެ.

މި ޕޯޓަލް އިފްތިތާހު ކުރީ، މި މަހުގެ ފުރަތަމަ ދުވަހު އެ ކުންފުނިން ބޭއްވި "މަންސަ ޓޯކް ޝޯ"ގެ ފުރަތަމަ ވޮލިޔުމްގަ އެވެ.

އެޗްޑީސީގެ ހިދުމަތްތައް ހޯދުމަށް ޑިޖިޓަލް ޕްލެޓްފޯމެއް ހަމަޖައްސާފައިވާ އިރު، ސެޕްޓެމްބަރު މަހުގެ 15 އިން ފެށިގެން އެ ކުންފުންޏަށް ހުށަހަޅަންޖެހޭ ފޯމުތައް ހުށަހަޅަންޖެހޭނީ ޕޯޓަލް މެދުވެރިކޮށް ކަމަށް އެކުންފުނިން ވަނީ މިއަދު އިއުލާން ކޮށްފަ އެވެ.

މައި ހުޅުމާލެ ޕޯޓަލްގައި ހުޅުމާލޭގެ ޗާޓާއި ބަސްރޫޓުތައް ދަތުރުކުރާގޮތްވެސް ވަނީ ހިމަނާފަ އެވެ. އަދި، އެޗްޑީސީގެ ހަދުމަތްތަކުގައި ޝަކުވާތައްވެސް ޕޯޓަލްގައި ހުށަހެޅޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ.