ދުނިޔެ

މިޔަންމާއަށް ހަތިޔާރު ވިއްކާ ކުންފުނިތަކަށް ފިޔަވަޅު އަޅަން ގޮވާލައިފި

މިޔަންމާއަށް ހަތިޔާރު ވިއްކާ ކުންފުނިތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އދ. އިން ގޮވާލައިފި އެވެ.

އިންސާނީ ހައްގުގައި މަސައްކަތް ކުރާ ފަރާތްތަކާއި އެކު ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި އދ. ގެ ފަރާތުން ބައިވެރިވި މަންދޫބު ވިދާޅުވީ، 2017 ވަނަ އަހަރު މިޔަންމާގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލުއާންމުގައި އެތައް ބަޔަކު މަރުވެފައިވާއިރު ހަތް ލައްކައަށްވުރެ ގިނަ މީހުން ރެފިއުޖީންގެ ގޮތުގައި އަވައްޓެރި ގައުމުތަކަށް ހިޖުރަކުރަން ޖެހުނުއިރު، އެ ހުރިހާ ޖަރީމާއެއް ހިންގުމަށް ފަންޑުކުރީ މިޔަންމާއަށް ހަތިޔާރު ވިއްކާ ކުންފުނިތަކުން ކަމަށެވެ.

އދ. އިން މިޔަންމާއަށް ހަތިޔާރު ވިއްކާ ކުންފުނިތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ގައުމުތަކަށް ގޮވާލި މައްސަލައާއި ގުޅިގެން އެއްވެސް އެއްޗެއް ބުނެފައެއްނުވެ އެވެ.

ޕެނަލް ޑިސްކަޝަންގައި އދ. އިން ވަނީ އެ ކުންފުނިތަކާއެކު ވިޔަފާރިކުރަމުންދާ އެހެން ގައުމުތަކުގެ ކުންފުނިތަކަށްވެސް ފިޔަވަޅު އަޅަން ގޮވާލައިފަ އެވެ. މިޔަންމާގެ ސިފައިން 2017 ވަނަ އަހަރު މުސްލިމުންނާ ދެކޮޅަށް ހިންގާފައިވަނީ ގަތުލު އާންމެއްގެ އިތުރުން ނަސްލެއް ނައްތާލުމަށް މަސައްކަތް ކުރުން ކަމަށް އދ. ގެ އިތުރުން ހުޅަނގުގެ ގިނަ ގައުމުތަކުން ވަނީ ބުނެފަ އެވެ.

ދާދިފަހުން އެމެރިކާއިން ވަނީ މިޔަންމާގެ ސިފައިންނަށް އަމާޒުކޮށްގެން ދަތިކުރުމުގެ ފިޔަވަޅުވެސް އަޅައިފަ އެވެ.