ހަބަރު

އެމްޑަބްލިއުއެސްސީގެ އެޕުން ބިލު ދައްކައިގެން 5،000 ލިބުމުގެ ފުރުސަތު

މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީގެ (އެމްޑަބްލިއުއެސްސީ) މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ބިލް ދައްކައިގެން ފަސް ހާސް ރުފިޔާ ލިބުމުގެ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފި އެވެ.

"އަޅައިގެން ފަސް ހާސް"ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ގުރުއަތުގައި ހިމެނެނީ އޯގަސްޓް 1 އިން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެޕް މެދުވެރިިކޮށް ދައްކާ ބިލްތަކެވެ.

މާލެ ހުޅުމާލެ އަދި ވިލިނގިލީގެ އިތުރުން އެމްޑަބްލިއުއެސްސީން ފެނާއި ނަރުދަމާގެ ހިދުމަތް ދޭ ކ. މާފުށި، ރ. ދުވާފަރު އަދި ހދ. ކުޅުދުއްފުށްޓަށް އަމާޒުކޮށްގެން ހިންގާ ދެ މަސް ދުވަހުގެ މި ޕްރޮމޯޝަންގައި މަހަކު 10 ނަސީބުވެރިން ހޮވާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދިނެވެ. އަދި، ދުވާފަރުގެ ޔޫޓިލިޓީ ބިލުގައި ހިމެނޭ ހުރިހާ ހިދުމަތްތަކެއްގެ ބިލްތައްވެސް މި ޕްރޮމޯޝަންގައި ހިމެނޭނެ ކަމަށް ބުންޏެވެ.

އެމްޑަބްލިއުއެސްސީ އެޕް މެދުވެރިކޮށް ލިބޭ އިތުރު ހިދުމަތްތަކުގެ ތެރޭގައި،

  • ފެން މީޓަރުން ފެންބޭނުންކުރެވޭ މިންވަރު ބެލުން
  • ފާއިތުވި މަސްތަކުގެ ފެން ބިލުތަކާއި އަދި ފައިސާ ދެއްކިފައިވާ ގޮތުގެ ތަފްސީލު ބަލައިލެވުން
  • އެއް އެކަައުންޓަށްވުރެ ގިނަ އެކައުންޓުތަކުގެ ތަފްސީލު ބެލުން
  • ބިލްތައް ފޯނަށް ސޭވްކޮށް އީމެއިލް ކުރެވުން
  • ބިލް ތައްޔާރު ވުމުންނާއި، ބިލަށް ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަވުމުގެ ކުރިން އަދި ފެނުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލުމުގެ ކުރިން ފޯނަށް ނޯޓިފިކޭޝަންސް ލިބުން
  • ލައިވް ޗެޓްގެ ހިދުމަަތް

ދެ މަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި 20 ނަސީބުވެރިން ހޮވާނެ އެވެ.