ދުނިޔެ

އުތުރު ކޮރެއާއިން މިސައިލްތަކަށް ފަންޑުކުރީ ވަގަށް ނެގި ފައިސާއިން

އުތުރު ކޮރެއާއިން ހިންގާ މިސައިލް ޕްރޮގްރާމްތަކަށް ފަންޑުކުރަން ފައިސާ ހޯދީ، ގައުމުތަކުގެ ބޭންކުތައް ހެކް ކޮށްގެންނާއި ކްރައިޕްޓޯކަރަންސީ މެދުވެރިކޮށް ހޯދި ފައިސާއިން ކަމަށް އދ. ގެ ސިއްރު ރިޕޯޓެއްގައި ބުނެފި އެވެ.

އދ. ގެ ރިޕޯޓުގައިވާ ގޮތުން ނޯތު ކޮރެއާއިން ވަނީ މިސައިލްތަކަށް ފަންޑުކުރުމުގެ ގޮތުން ދެ ބިލިއަން ޑޮލަރު ބޭންކުތަކުން ވަގަށް ނަގާފަ އެވެ. ފައިނޭންޝަލް ސައިބާ މާހިރުން ގަބޫލުކުރާ ގޮތުގައި އުތުރު ކޮރެއާއިން ބޭންކުތަކުން ފައިސާ ހޯދީ ހެކްކުރުމުގެ ބަދަލުގައި ކްރައިޕްޓޯކަރަންސީ މެދުވެރިކޮށް މަކަރު ހަދައިގެންނެވެ.

"ޑިމޮކްރަޓިކް ޕީޕަލްސް ރިބަލިކް އޮފް ނޯތް ކޮރެއާ، ސައިބާ ހަމަލާތައް ހިންގާފައިވަނީ ވަރަށް ބޮޑު އޮޕަރޭޝަނެއްގެ ތެރެއިން، ވެޕަންސް އޮފް މާސް ޑިސްޓްރަކްޝަން ޕޮރްގްރާމަށް ބޭންކުތައް ހެކްކޮށްގެން ނެގި ފައިސާގެ އަދަދަކީ ދެ ބިލިއަން ޑޮލަރު" އދ ގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ރިޕޯޓުގައި ވާގޮތުން އުތުރު ކޮރެއާއިން ވަނީ 17 ގައުމެއްގެ ބޭންކް ހެކްކޮށްގެން ފައިސާ ވަގަށް ނަގާފަ އެވެ. މި ރިޕޯޓަކީ އިތުރު ކޮރެއާއިން އެންމެ ފަހުން މިސައިލް ޓެސްޓުކުރުމުން އދ. ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައ ނޯތު ކޮރެއާއިން ދަނީ ގަސްދުގައި ބައިނަލްއަގްވާމީ މުއާހަދާތަކާއި ގާނޫނުތަށް މުގުރަމުންނެވެ.

އދ އިން ވަނީ 2006 ވަނަ އަހަރު އުތުރު ކޮރެއާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ.