ހަބަރު

ގިނަ އަދަދެއްގެ ބަނގުރަލާއި އޫރުމަސް ނައްތާލައިފި

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި އޫރު މަސް ނައްތާލައިފި އެވެ.

މި ތަކެތި އިއްޔެ ނައްތާލާފައިވަނީ ތިލަަފުށީގެ ކުނި ނައްތާލާ ސަރަޙައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ވެސް ހާޒިރުގަ އެވެ.

މީގެ އިތުރުން މިދިޔަ މަހުގެ 12 ވަނަ ދުވަހު ވެސް ގިނަ އަދަދެއްގެ ބަނގުރަލާއި އޫރު މަހާއި ސިނގިރޭޓު ތިލަަފުށީ ކުނި ނައްތާލާ ސަރަޙައްދުގައި ނައްތާލާފައި ވެ އެވެ. މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 264 ވަނަ މާއްދާ އާއި 423 އަދި 424 ވަނަ މާއްދާގެ ދަށުން އެކަށައެޅިފައިވާ، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސްއިން ނައްތާލުމުގައި އަ މަލުކުރާނެ އުސޫލުގެ ދަށުން ނައްތާލި ތަކެއްޗެވެ.