ވިޔަފާރި

ބިލްޑްއެކްސް މޯލްޑިވްސް މި މަހު ބާއްވަނީ

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ގެ ރަސްމީ ފެއާ "ބިލްޑްއެކްސް މޯލްޑިވްސް 2019" މިމަހު ބާއްވަން ތައްޔާރު ވެއްޖެ އެވެ.

ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ތަމްސީލް ކުރާ ޖަމިއްޔާ މިހާރުގެ އެމްއެންއޭސީއައި އަދި ކުރީގެ މަސީގެ ބިލްޑްއެކްސް މޯލްޑިވްސް- ކޮންސްޓްރަކްޝަން އެންޑް ބިލްޑިން އެގްޒިބިޝަން އިންތިޒާމު ކުރަނީ މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (މެކްސް) އިންނެވެ.

މެކްސް އިން ބުނީ ބިލްޑްއެކްސް ފެއާ އޮންނާނީ މިމަހުގެ 22 އިން 24 އަށް ކަމަށެވެ މި ފެއާގައި އިމާރާތް ކުރުމުގެ ދާއިރާގެ މަސައްކަތް ކުރާ ފަރާތްތަކާއި ރިސޯޓް ސަޕްލަޔަރުން ބައިވެރިވާނެ އެވެ.

ބިލްޑްއެކްސް މޯލްޑިވްސް ވެގެން ދާނީ މި ދާއިރާގައި ވިޔަފާރިތައް ބައްދަލުކޮށް ގުޅުން ބަދަހި ވެގެންދާނެ ފެއާ އަކަށެވެ. މި އަހަރުގެ ފެއާގައި ސްރީލަންކާ އާއި އިންޑިއާ އަދި ތައިލެންޑުގެ އިތުރުން ނިއުޒިލޭންޑް އާއި މެލޭޝިއާ އަދި ޔޫއޭއީ އާއި އިޓަލީއިން ބައިވެރިވާނެ އެވެ.