ހަބަރު

ހުކުރު ދުވަހު ކުޅުދުއްފުށީ އެއާޕޯޓަށް ޝެޑިއުލް ފްލައިޓް ފަށަނީ

Aug 6, 2019
6

އަންނަ ހުކުރު ދުވަހުން ފެށިގެން ހދ. ކުޅުދުއްފުށީ ޑޮމެސްޓިކް އެއާޕޯޓަށް ޝެޑިއުލް ފްލައިޓްތައް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

އީދަށް ކުޅުދުއްފުށީ އެއާޕޯޓަށް ފްލައިޓް ޖައްސަން ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މީގެކުރިން ވަނީ ވިދާޅުވެފަ އެވެ.

މިހާރު މޯލްޑިވިއަންއިން ވަނީ ކުޅުދުއްފުށީ އެއާޕޯޓު ދަތުރުތަކަށް ނަން ނޯޓް ކުރަން ފަށާފަ އެވެ. ނަމަވެސް މިހާތަނަށް ޝެޑިއުލް އާންމެއް ނުކުރެ އެވެ. އަދި ޓިކެޓް ވިއްކަން ވެސް ނުފަށަ އެވެ.

ނަމަވެސް މޯލްޑިވިއަންއިން މައުލޫމާތު ދޭ ގޮތުގައި އަންނަ ހުކުރު ދުވަހުން ފެށިގެން ދުވާލަކު އެއް ފްލައިޓަށްވުރެ ގިނައިން ކޮންމެ ދުވަހަކު ވެސް ޝެޑިއުލް ފްލައިޓްތައް އޮންނާނެ އެވެ.

ކުޅުދުއްފުށީ އެއާޕޯޓްގެ ރަންވޭ ނިމި ހުޅުވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް ދަތުރުތައް ނުފެށި އޮތީ ޓާމިނަލްގެ މަސައްކަތް ނުނިމޭތީ އެވެ. މިހާރު ވަނީ ޓާމިނަލްގެ މަސައްކަތް ނިންމައި މުވައްޒަފުން ހޯދަން ވެސް އިއުލާންކޮށްފަ އެވެ.

ކުޅުދުއްފުށީ އެއާޕޯޓް ހަދާފައިވަނީ އެ ރަށުގެ ބޮޑު ކުޅީގެ އެއް ބައި ހިއްކައިގެންނެވެ. އެއީ މައްސަލަ ބޮޑުވެގެން ދިޔަ ކަމެކެވެ.