މޯލްޑިވިއަން އިން ކުޅުދުއްފުށްޓަށް ދަތުރު ކުރަން އޮންލައިންކޮށް ޓިކެޓު ވިއްކަން ފަށައިފި އެވެ.
މޯލްޑިވިއަންގެ ފަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް މިއަދު ވިދާޅުވީ ކުޅުދުއްފުށީ ޓިކެޓު އޮންލައިންކޮށް މިހާރު ލިބޭނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ މިހާތަނަށް އެ މަންޒިކްގެ ޓިކެޓު ވިއްކަމުން ގޮސްފައިވަނީ ވައިބާ މެދުވެރިކޮށާއި ގުޅައިގެންނާއި އެޖެންޓުން މެދުވެރިކޮށް ކަމަށެވެ.
"މިއީ ކަސްޓަމަރުންނަށް ލިބިގެން ދާނެ ފަސޭހައެއް. މި ސެކްޓާއަށް ވެސް ފުދޭ ވަރެއްގެ ޑިމާންޑެއް އެބައޮތް. މިހާރު ހަފުތާއަކު ތިން ފްލައިޓް ބާއްވާ،" މޫސަ ވިދާޅުވި އެވެ.
ކުޅުދުއްފުށީ އެއާޕޯޓަށް މި ވަގުތު ދަތުރު ކުރަނީ މޯލްޑިވިއަން އެކަންޏެވެ.
ކުޅުދުއްފުށީ އެއާޕޯޓް ހުޅުވައި ދެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސް އަބްދުﷲ ޔާމީނެވެ. ނަމަވެސް އެއާޕޯޓަށް ޝެޑިއުލް ފްލައިޓްތައް ފަށާފައިވަނީ މިދިޔަ ބޮޑު އީދުގަ އެވެ.