ހަބަރު

ހަ ރަށެއްގެ ސްކޫލުގައި ހޯލު އަޅަން ހަަވާލުކޮށްފި

ހަ ރަށެއްގެ ސްކޫލުގައި މަލްޓި ޕާޕަސް ހޯލް އެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފި އެވެ.

އެ މަސައްކަތް 39.4 މިލިއަން ރުފިޔާއަށް ވޯކް ޕާކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމަށް މިއަދު ވަނީ އެއްބަސްވުމުގައި ސޮއިވެސްކޮށްފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ހޯލު އަޅަން ނިންމާފައިވާ ސްކޫލްތަކަކީ ރ.އަލިފުށި، ވ.އަތޮޅު ތައުލީމީ މަރުކަޒު، ތ.ގުރައިދޫ، ރ.އުނގޫފާރު، ޅ.ކުރެންދޫ އަދި ވ.ކެޔޮދޫ ސްކޫލުގަ އެވެ.

މި މަސައްކަތް އަންނަ މާޗް މަހަށް ނިންމުމަށް ހަވާލުކޮށްފައިވަނީ 39.4 މިލިއަން ރުފިޔާއަށް ވޯކް ޕްރައިވެޓް ލިމިޓެޑް އާ އެވެ. ހަ ރަށުގައި އަޅަން ނިންމާފައިވާ މަލްޓި ޕަރޕަސް ހޯލްގެ ދެބުރި އިމާރާތުގައި އިލެކްޓްރިކަލް ރޫމްއަކާއި ކޮންޓްރޯލް ރޫމްއަކާއި ދެ ޗޭންޖިން ރޫމްއެއްގެ އިތުރުން ދަރިންވަރުންނަށް ހަތަރު ފާހާނާ އެއް ހިމެނޭނެ ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ. އަދި އެކްސެސިބަލް ފާހާނާއެއްގެ އިތުރުން ތިން ސްޓޯރޫމް އާއި ދެ ރޭމްޕްއެއް ހިމެނޭނެ ކަމަށް ބުންޏެވެ.

މި މަސައްކަތަކީ މިއަހަރުގެ ޕީއެސްއައިޕީ ގެ ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ އއ. ތޮއްޑޫއާއި ރ. ހުޅުދުއްފާރު ސްކޫލުގައިވެސް ދެ ބުރީގެ މަލްޓި ޕާޕަސްހޯލް އިމާރާތެއް އެޅުމަށް ސޮއިކޮށްފަ އެވެ.