ހަބަރު

ސައިކަލެއް ހުއްޓުވުމުން ފުލުހަށް ހަމަލާދީފި

ކެނެރީ މަގުން ވަންވޭ އާ އިދިކޮޅަށް ދުއްވި ސައިކަލެއް ހުއްޓުވާ ސުވާލު ކުރި ފުލުހާމެދު މާރާމާރި ހިންގި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، ވަންވޭ އާ އިދިކޮޅަށް ދުއްވި ސައިކަލުގައި ދެމީހުން ތިބި ކަމަށާއި މަގުމަތީގެ ގަވައިދާ ހިލާފަށް ދުއްވި ސައިކަލު ހިފަހައްޓާފައިވަނީ ކުލަ ހެދުމުގައި ހުރި ފުލުހެއް ކަމަށެވެ. އަދި ހިފެހެއްޓުމުން އޭނާ އާ މެދު މާރާމާރީ ހިންފާފައިވާ ކަމަށް ބުންޏެވެ. މި ހާދިސާ ހިނގީ މިދިޔަ އާދިއްތަ ދުވަހު ކަމަށްވެސް ބުންޏެވެ.

އަދި ބުނީ، މި ހާދިސާ އާ ގުޅިގެން އިއްޔެ ވަނީ 32 އަހަަރުގެ ފިރިހެނެއް ހަައްޔަރު ކޮށްފަ އެވެ. އަދި މިއަދު 36 އަހަަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކުރި ކަމަށް ބުންޏެވެ.