ހަބަރު

ހިޔާނާތާގުޅޭ ތުހުމަތުތަކަށް ޖަވާބުދާރީވާން އާތިފް މާދަމާ މަޖިލީހަށް

Aug 7, 2019
2
އައިޔޫގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރް -- ފޮޓޯ: ވީނިއުސް
0%
0%
0%

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޮމްޕެނީ (އެމްއެމްޕީއާރްސީ)ގެ ހިޔާނާތާ ގުޅޭ ގޮތުން ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރިވުމަށް އެދިވަޑައިގެންނެވި ފުރުސަތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝިއަލް އިންޓެލިޖަންސް ޔުނިޓު (އެފްއައިޔޫގެ) ކުރީގެ ވެރިޔާ އާތިފް ޝަކޫރަށް ދޭން މަޖިލީހުން ނިންމައިފި އެވެ.

މަޖިލީހުން އާތިފްއާ ބައްދަލު ކުރަން ނިންމީ އޭނާ އެފްއައިޔޫ ހެޑްގެ މަގާމްގައި ވަޒީފާ އަދާ ކުރެއްވި ހަތް މަސް ދުވަހު އޭނާގެ މައްސޫލިއްޔަތު އަދާ ކުރި ގޮތާ ގުޅޭ ގޮތުން ބެންކް އޮފް މޯލްޑިވްސް އާއި އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) ކުރާ ތުހުމަތުތަކާ ގުޅިގެންނެވެ. އެކަމާ ގުޅޭ ގޮތުން މަޖިލީހަށް ޖަވާބު ދާރީވުމުގެ ފުރުސަތަކަށް އެދި އާތިފް މަޖިލީހަށް ސިޓީއެއް ފޮނުވީ މިދިޔަ ޖުލައި މަހު 16 ވަނަ ދުވަހުގަ އެވެ.

އެ ސިޓީއަށް ޖަވާބު ދެއްވާ މަޖިލީހުން އޭނާއަށް ފޮނުވި ސިޓީގައިވާ ބުނެފައި ވަނީ އާތިފް އެދިވަޑައިގަތް ގޮތަށް މާދަމާ އޭނާއާ ބައްދަލު ކުރަން ނިންމާފައިވާ ކަމަށެވެ.

އާތިފް އެފްއައިޔޫގެ ހެޑްގެ ގޮތުގައި މަސައްކަތް ކުރީ 2014 ވަނަ އަހަރު ނޮވެމްބަރުން ފެށިގެން 2015 ވަނަ އަހަރުުގެ ޖޫން މަހާ ހަމަޔަށެވެ. އެ މުއްދަތުގެ ތެރޭގައި އެމްއެމްޕީއާރްސީގެ ތެރޭގައި ހިނގާފައިވާ ހިޔާނާތުގެ ކަންކަން އެ ޔުނިޓުގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި ނަމަވެސް އެކަން ބެލުމަށް އިހުމާލުވެފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ބައިވެރިވެރި އެސްއޯއެފް ކުންފުނިން މަނީ ލޯންޑަރިންގެ އަމަލުތައް ހިންގިކަން އެފްއައިޔޫގެ ރިޕޯޓުގައި ބަޔާން ކުރި ނަމަވެސް އެ މައްސަލާގައި އެސްއޯއެފް އަށް އެއްވެސް ފިޔަވަޅެއް ނަޅާއި ދޫކޮށްލަން ނިންމީ އާތިފް އަންގައިގެން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުނެފަ އެވެ.

އަދި އެސްއޯއެފް މެދުވެރިކޮށް ހިންގި މުއާމަލާތްތައް ނުހުއްޓުވީ އާތިފްގެ އިތުރުން އޭރުގެ ޑެޕިޔުޓީ ގަވަރުނަރު ނީޒާ އިމާދުގެ ދެއްވި ލަފާގެ މަތީންކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ ބުނެފަ އެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ އޭރު ވެރިކަމުގައި ތިބި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، މަގާމުން އިސްތިއުފާ ދެއްވީ އެކަން ނުހުއްޓުވޭނެކަން އެނގިވަޑައިގެންނެވުމުންކަމަށް އާތިފް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އާތިފްގެ އިތުރުން ނީޒާ އިމާދުވެސް ވަނީ ޖަވާބުދާރީވުމުގެ ފުރުސަތަކަށް މާލިއްޔަތު ކޮމިޓީގައި އެދިވަޑައިގެންފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345