މަޖީދީ މަގު ދާރުލްއީމާން އިމާރާތުގައި ހިންގަމުން ގެންދިޔަ، މޯލްޑިވިއަން ޓިކެޓިން އޮފީސް ސިޓީ ސްކޮއާ ބިލްޑިންގް އަށް ބަދަލުކޮށްފި އެވެ.
އައިލެންޑް އޭވިއޭޝަން ސާވިސަސް އިން ބުނީ މޯލްޑިވިއަންގެ ޓިކެޓް އޮފީސް ސިޓީ ސްކޮއާ އަށް ބަދަލު ކުރަން ނިންމީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ކަމަށެވެ.
މޯލްޑިވިއަންގެ ޓިކެޓިން އޮފީސް ކުރީގެ އުމަރު ޝޮޕިން އާކެޑް ހުރި މިހާރުގެ ސިޓީ ސްކެއާއަށް ބަދަލު ކުރުމާއެކު ޖާގަ ބޮޑުވެގެންދާނެ އެވެ.
ރާއްޖެ އާއި ރާއްޖޭން ބޭރުގެ ގިނަ މަންޒިލްތަކަށް ޓިކެޓު ވިއްކަމުން ގެންދާ މޯލްޑިވިއަން އިން ދަނީ އާ މަންޒިލެއްގެ ގޮތުގައި ހދ. ކުޅުދުއްފުއްޓަށް ދަތުރު ފަށަން ތައްޔާރު ވަމުންނެވެ. އެ ކުންފުނިން ދަނީ ރާއްޖޭގެ ހުރިހާ މަންޒިލްތަކާއި އިންޑިއާގެ ދެ މަންޒިލް އަދި ޗައިނާ އާއި ބަންގްލަދޭޝަންގެ ޑާކާ އަދި ބެންކޮކްއަށް ދަތުރު ކުރަމުންނެވެ.