ވިޔަފާރި

ޗުއްޓީއާ ދިމާކޮށް އެއާޕޯޓުގައި ކިއު ބޮޑުވާނެތީ ދުރާލާ ޗެކިން ކުރަން އެދިއްޖެ

Aug 7, 2019

ޗުއްޓީ އަށް ރާއްޖެ އާއި ރާއްޖޭން ބޭރަށް ގިނަ ބަޔަކު ދަތުރުކުރާނެތީ ދުރާލާ ޗެކިން ވާން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އިލްތިމާސް ކޮށްފި އެވެ.

އެމްއޭސީއެލް އިން ބުނީ ޗުއްޓީއާ ދިމާކޮށް އިންޓަނޭޝަނަލް ޓާމިނަލް އާއި ޑޮމެސްޓިކް ޓާމިނަލް އަށް ވެސް ބާރު ބޮޑުވާނެ ކަމަށެވެ.

މި އަހަރުގެ އީދު ޗުއްޓީ ފެށޭނީ އާދިއްތަ ދުވަހުން ފެށިގެންނެވެ. ނަމަވެސް މާދަމާ ގިނަ ބަޔަކު ފުރަން ފަށާނެ ކަމަށް ބެލެވެ އެވެ. މި އަހަރުގެ ބޮޑު ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު ރާއްޖެ އާއި ރާއްޖޭން ބޭރަށް ދަތުރުކުރާނެ އެވެ. މި އަހަރުގެ ބޮޑު އީދު ބަންދަށް ސަރުކާރު ހުޅުވޭނީ މިމަހުގެ 18 ވަނަ ދުވަހު އެވެ.

ދިވެހިން އީދު ބަންދުގައި އެންމެ ގިނައިން ދަތުރުކުރާ އެއް ގައުމަކީ ސްރީލަންކާ އެވެ. ނަމަވެސް މިދިޔަ އަހަރު އެ ގައުމަށް ދިޔަ މީހުންގެ އަދަދު ވަނީ މަދުވެފަ އެވެ. ނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ގެސްޓްހައުސްތަކުގައި ގިނަ އަދަދެއްގެ ދިވެހިން ޗުއްޓީ ހޭދަ ކުރާނެ ކަމަށް ބެލެވެ އެވެ.