ހަބަރު

ރީކޯ އިބްރާހިމް މަނިކު އަވަހާރަވެއްޖެ

ރީކޯ އިބްރާހިމް މަނިކު މިއަދު އަވަހާރަ ވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް ރީކޯ މޫސާ މަނިކުގެ ބޭބޭފުޅު އިބްރާހިމް މަނިކު އަަވަހާރަވީ އުމުރުފުޅުން 69 އަހަރު ފުޅުގަ އެވެ.

އިބްރާހިމް މަނިކަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމުގެ ސަބަބުން އޭރު ޖަލަށްވެސް ލާފައިވާ މީހެކެވެ. އަދި ފަހުން އޭނާ ވަނީ އަމިއްލަ ސިޔާސީ ޕާޓީއެއްވެސް އުފައްދަވާފަ އެވެ. ނަމަވެސް 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ސިޔާސީ މައިދާނުން ގެއްލުނު ގޮތަށް އޭނާ އަލުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެފައެއް ނުވެއެވެ.

އިބްރާހިމް މަނިކު އުފެއްދެވި މޯލްޑިވިއަން ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެސްޑީޕީ) އުވާލާފައިވަނީ 3000 މެމްބަރުން ހަމަނުވުމުގެ ސަބަބުންނެވެ.

އިބްރާހިމް މަނިކުގެ ޖަނާޒާ އޮންނާނީ މިއަދު އަސްރު ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ.