އެމްއެންޑީއެފް

ފަރަށް އެރި ސަފާރީއަކަށް ސިފައިން އެހީ ފޯރުކޮށް ދީފި

ރޭ ދަންވަރު ފަރަށް ބޯޓަކަށާއި ސަފާރީއަކަށް ސިފައިންގެ ކޯސްޓް ގާޑުން އެހީ ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފް އިން ބުނީ، ލ އަތޮޅުން ފުރައިގެން މާލޭ ދަތުރު ކުރި "ދޮންދޫނ -3" ނަމަކަށް ކިޔާ ތެޔޮ ބޯޓެއް މ. ނަލާފުށި ފުއްޓަރު ފަރާތުގެ ފަރަށް ރޭ 1:10 އެހާކަންހާއިރު އަރާފައިވާ ކަމަށެވެ. އަދި ހާދިސާގެ ރިޕޯޓް ލިބުމުން ސެންޓްރަލް އޭރިއާގެ ކޯސްޓު ގާޑޫން ބޯޓަށް އެހީ ފޯރުކޮށް ދީފައިވާ ކަމަށެވެ.

މި ބޯޓަކީ 2000 ލީޓަރުގެ ޑީސަލް ބަރުކޮށްގެން ދަތުރު ކުރި ބޯޓެވެ. ބޯޓު ފަރަށް އެރިއިރު އޭގައި ތިބީ ތިން މީހުންނެވެ. އެއީ ދިވެއްސަކާއި ދެ ބިދޭސީ އެކެވެ.

ހަމަ ރޭ 1:10 އެހާކަންހާއިރު ސިފައިން ވަނީ ލ. މާބާއިދޫ ކައިރީގައި ބަދަރުކޮށްފައި އޮތް "ހައިރާ" ނަމަކަށް ކިޔާ ސަފާރީއަކަށް ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މި ސަފާރީއަށް ސިފައިން އެހީ ފޯރުކޮށް ދިނީ، މާބައިދޫ ހައިރާ ސަފާރީން އަޅާފައިވާ ނަގިލި ކަހާލުމުގެ ސަބަބުން ފަރުމައްޗާ ލެއްގުމާ ގުޅިގެންނެވެ.

ސިފައިން ބުނީ، ސަފާރީ ފަރަށް އެރި ވަގުތު އޭގައި، 11 ފަތުރުވެރިންނާއި ނުވަ ފަޅުވެރިން ތިބި ކަމަށެވެ.