މޯލްޑިވްސް ޕޮލިސް ސާވިސް

ވައްކަން ކޮށްގެން ފިލަން ދުވި ދެ މީހަކު ހައްޔަރުކޮށްފި

ރޭ ދަންވަރު ވައްކަން ކޮށްގެން ފިލަން މަސައްކަތް ކުރި ދެމީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، ރޭ ދަންވަރު 2:46 އެހާކަންހާއިރު ހައްޔަރުކުރީ އިޒުއްދީން މަގުގައި ހުރި ގެއަކުން ވައްކަން ކުރި ދެ މީހަކު ކަމަށެވެ. އެމީހުން އަތުލައިގަތީ މާފަންނު ފުލުހުން މަގުމަތި ޕެޓްރޯލް ކުރަމުން ދަނިކޮށް، ވައްކަން ކުރުމަށްފަހު ބޭރަށް ނުކުތް ވަގުތު ފުލުހުން ފެނިފައި ފިލަން މަސައްކަތް ކުރަމުން ދަނިކޮށެވެ.

އެ ދެ މީހުން ވައްކަން ކޮށްފައިވަނީ، ޓިމްބާ ޕްރައިވެޓް ލިމިޓެޑް ނަމަކަޑް ކިޔާ އޮފީހަކުން ކަމަށް ފުލުހުން ބުންޏެވެ. އެ އޮފީހަށް ވައްކަން ކުރަން އެ ދެމީހުން ވަނީ ތަޅު ހަލާކުކޮށް އޮފީހުގެ ބިއްލޫރި ގަނޑު ތަޅާލައިގެންނެވެ. އެ އޮފީހުން ވަގަށް ނަގާފައިވަނީ، އެއް ޖޯޑު ފޮތި އަންގި ދެ ކަޅު ކުލައިގެ ހޫޑް، އެއް ކަޅު ކުލައިގެ ކެޝުއަލް ބޫޓް އަދި ފޯނެކެވެ.

މި ވައްކަމުގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.