ހަބަރު

އެއާ ޓެކްސީއަކާއި ސަޕްލައި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

އެއާ ޓެކްސީއަކާއި ސަޕްލައި ދޯންޏެއް ޖެހި މިއަދު އެކްސިޑެންޓެއް ހިނގައިފި އެވެ. އެކްސިޑެންޓްވީ ޓީއެމްއޭގެ އެއާ ޓެކްސީއެކެވެ. މި ހާދިސާގައި މީހަކަށް އަނިޔާއެއް ނުވެ އެވެ.

ފުލުހުން ބުނީ، މިއަދު ހަވީރު 6:14 އއ. ކުރަމަތި ރިސޯޓުގެ އެއާ ޓެކްސީ ޕްލެޓްފޯމްގައި ފަތިޔަލުގައި އަޅާފައި އޮތް އެއާ ޓެކްސީއެއް ވިއްސާރަ ކޮޅިގަނޑެއްގައި ފަތިޔަލުން ކަހާލައިގެން ގޮސް އެ ހިސާބުގައި އަޅާފައި އޮތް ސަޕްލައި ދޯންޏެއްގައި ޖެހި އެއާ ޓެކްސީއަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

ފުލުހުން ގެންދަނީ މިހާރު މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.