ހަބަރު

ކެނޯއެއްގައި މޫދަށް އެރުނު ދެ މީހަކު ގެއްލިގެން ހޯދަނީ

Aug 11, 2019
5

ވިލިމާލެ ބީޗް ސަރަހައްދުން ކެނޯއެއްގައި މޫދަށް އެރުނު ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުުހުން ބުނި ގޮތުގައި އޮރެންޖް ކުލައިގެ ކެނޯއެއްގައި މޫދަށް އެރުނު ދެ މީހަކު ގެއްލުނު ކަމުގެ ރިޕޯޓް ލިބިފައިވާއިރު ކޯސްޓްގާޑާއި މެރިން ފުލުހުން ގުޅިގެން އެ ދެ މީހުން ހޯދަމުންދާ ކަމަށެވެ.

އެމީހުން މޫދަށް އެރުނީ ހަވީރު 5:00 ހާއިރު އެވެ. އެއީ 20 އަހަރާއި 33 އަހަރުގެ ފިރިހެނެކެވެ.

ރާއްޖެއަށް މޫސުން ވަރަށް ގޯސްވެފައިވާއިރު މިއަދު ވަނީ ކަނޑުމަތީ ގިނަ ހާދިސާތަކެއް ހިނގާފަ އެވެ. ފުލުހުންނާއި ޑިޒާންސްޓާ މެނޭޖުމެންޓުން ވަނީ ރައްކާތެރި ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ކަނޑުދަތުރު ފަތުރުކުރުން މަޑުޖައްސާލަން އިލްތިމާސްކޮށްފަ އެވެ.