ހަބަރު

އިމާމް ނެތުމުން އާސަހަރާ މިސްކިތުގައި އީދު ނަމާދު ކުރީ އާންމުންގެ މީހެއް!

Aug 12, 2019
7

ގަޑި ޖެހުނު އިރުވެސް އިއްޔެގެ އީދު ނަމާދު ކުރުމަށް އާސަހަރާ މިސްކިތަށް އިމާމަކު ނުގޮސްގެން އެވަގުތު މިސްކިތުގައި ހުރި އާންމުންގެ މީހަކު އިމާމުވެ އީދު ނަމާދު ކޮށްފި އެވެ.

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނި ގޮތުގައި އިއްޔެގެ އީދު ނަމާދަށް ގޮވާ 7:40 ވީ އިރުވެސް އިމާމަކު ނައިސްގެން އާސަހަރާ މިސްކިތުގެ މުދިމު އިނީ ތަކުބީރު ކިޔަންށެވެ. އަދި އާންމުންގެ ތެރެއިން އިބްރާހިމް ނަމަކަށް ކިޔާ މީހަކު ތެދުވެ، ހުތުބާ ކިޔާ އިމާމްވެ ވަނީ އީދު ނަމާދު ކޮށްފަ އެވެ.

އިބްރާހިމް އިއްޔެގެ އީދު ހުތުބާ ކިޔާފައިވަނީ އޭނާގެ ފޯނުގެ އެހީގަ އެވެ. އިބްރާހިމް އިމާމްވެ ނަމާދު ކުރުމުގެ ސަބަބުން ގިނަ ބަޔަކަށް އިއްޔެގެ އީދު ނަމާދު ގެއްލެން ދަނިކޮށް ސަލާމަތްވިކަން ފާހަގަކޮށް، އޭނާއަށް ގިނަ ބަޔަކު އަންނަނީ ޝުކުރު އަދާކުރަމުންނެވެ.

އެކަމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.