ހަބަރު

ދިވެހި ހައްޖުވެރިއަކު ސްޓްރޯކެއް ޖެހި ކޯމާގައި

ހައްޖުގެ އަޅުކަން އަދާކުރަމުންދިޔަ ދިވެހި ހައްޖުވެރިއަކަށް ސްޓްރޯކެއް ޖެހި ހާލު ސީރިއަސް ވެއްޖެ އެވެ.

ދިވެހި ހައްޖު މިޝަންއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ހައްޖުވެރިއެއްކަމުގައިވާ ފ. ދަރަނބޫދޫ މުޝްތަރީގެ ސީމާ މޫސާ (38)އަށް މިނާގެ ޓެންޓުގައި ހުއްޓާ ސްޓްރޯކެއް ޖެހިފައިވާ ކަމަށެވެ. އަދި މިހާރު އެ ހައްޖުވެރިޔާ އޮތީ މިނާގެ މިނާ އަލްވާދީ ހޮސްޕިޓަލުގައި ކޯމާއެއްގައި ލައިފް ސަޕޯޓު ސިސްޓަމްގައި ކަމަށެވެ.

ހައްޖު މިޝަން އިން ކޮށްފައިވާ ޓުވީޓް

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއަންހެން މީހާ ހައްޖަށް ގޮސްފައިވަނީ އެމީހާގެ ފިރިމީހާއެކުގަ އެވެ. ދިވެހި ހުރިހާ ހައްޖުވެރިން މިހާރު ތިބީ މިނާގަ އެވެ. މައްކާއަށް ހައްޖުވެރިން އެނބުރިދާނީ މާދަމާގެ ވަގުތެއްގަ އެވެ.