ހަބަރު

ސްނޯކްލިން އަށް ދިޔަ ދެ ފަތުރުވެރިން ގެއްލިގެން ހޯދަން ފަށައިފި

އއ. އަތޮޅު، "ކޮންސްޓެންސް މޫފުށި" ރިސޯޓުން މިއަދު ސްނޯކްލިން އަށް ދިޔަ ދެ ފަތުރުވެރިއެއް ގެއްލިގެން އެ މީހުން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ސްނޯކްލިން އަށް ދިޔަ ދެ ފަތުރުވެރިންނަކީ، ދެމަފިރިން ކަމަށާއި ގެއްލިގެން އެމްއެންޑީއެފް އަށް ރިޕޯޓް ކުރީ މިއަދު ހެނދުނު 11:19 ގައި ކަމަށެވެ. މި ދެ މީހުންނާ ބެހޭގޮތުން އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

ގެއްލުނު ދެ ފަތުރުވެރިން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑްގެ ވެލާނާ ލޯންޗްގަ އާއި ކޯސްޓްގާޑުގެ ޑައިވަރުން ދަނީ ކުރަމުންނެވެ.