ހަބަރު

ގެއްލުނު ދެ ފަތުރުވެރިން ފެނިއްޖެ

މިއަދު ހެނދުނު މޫފުށި ރިސޯޓުގައި ސްނޯކްލިން އަށް ފޭބި ދެ ފަތުރުވެރިން އަމިއްލަ އަށް އެނބުރި ރިސޯޓަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

ރިސޯޓުން ސްނޯކްލިން އަށް ފޭބި ދެ ފަތުރުވެރިންނަކީ، ޖަރުމަނު ދެ މީހުންނެވެ. އެމީހުން ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ މިއަދު 11:19 ހާއިރު އެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި، ސްނޯކްލިން އަށް ފޭބި ދެ ފަތުރުވެރިން މިހާރު ތިބީ ރިސޯޓުގައި ކަމަށް މޫފުށި ރިސޯޓުން ޔަގީން ކޮށްދެއެވެ. އަދި، ދެ މީހުންގެވެސް ހާލު ރަނގަޅު ކަމަށާއި ސްނޯކްލިން އަށް ފަހު ދެ މީހުންވެސް ރިސޯޓަށް އައީ އަމިއްލަ އަށް ކަމަށް ބުންޏެވެ.

ގެއްލިގެން ރިޕޯޓު ކުރުމުން ދެ ފަތުރުވެރިން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑްގެ ވެލާނާ ލޯންޗްގަ އާއި ކޯސްޓްގާޑުގެ ޑައިވަރުން ކުރި އެވެ.