ހަބަރު

ދަރަވަންދޫއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް ހިފަހައްޓައިފި

ވައިގެ މަގުން ބ. ދަރަވަންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހެއް ހިފަހައްޓައިފި އެވެ.

ދަރަވަންދޫ އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނީ 27 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. އަދި، މި މީހާ މިއަދު ހައްޔަރު ކޮށްފައިވަނީ ދަރަވަންދޫ އެއާޕޯޓުންނެވެ.

ފުލުހުން ބުނި ގޮތުގައި، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބުލެޓް ސައިޒުގެ ރަބަރު ޕެކެޓަކާއި ފިލްމު ހުސް ކުރި ދަޅެއް ވަނީ އެ މީހާ ހުއްޓުވާ ބެލި އިރު ވަނީ ފެނިފައި ކަމަށެވެ.

އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏެވެ.