ހަބަރު

ހެޕީމާކެޓާއެކު ހަނިމާދޫއަށް އުފާވެރި އީދެއް

Aug 14, 2019
2
0%
0%
0%

އިޖުތިމާއީ ކަންކަން ރޭވުމުގައި ގިނަ ފަހަރު އެންމެ ބޮޑު ދައްޗަކަށް ވަނީ އެކަމަށް ބޭނުންވާނެ "ސްޕޮންސާ" ނުލިބުމެވެ. ބައެއް ފަހަރު މިފަދަ އެހީތައް ނުލިބިގެން ކަންކަން ނުކުރެވިފައިވެސް އެބަހުއްޓެވެ. ނަމަވެސް ހެޕީމާކެޓްއަކީ މި ފަދަ ގިނަ ކަންކަމުގައި އެހީވުމުގައި ނަމޫނާ ކުންފުންޏެކެވެ. މީގެ މިސާލަކީ ހަނިމާދޫގައި ކުރިއަށް ގެންދާ އީދު ފާހަގަ ކުރުމުގެ ބޮޑު ހަރަކާތް ހެޕީމާކެޓުން ސްޕޮންސާ ކޮށްފައިވުމެވެ. އެ ކުންފުނީގެ މަސައްކަތުން ވަނީ މުޅި ރަށަށް ހިނިތުންވުން ގެނެސްދީފަ އެވެ. ހަނިމާދޫ އަށް ހެޕީމާކެޓުގެ އެހީއާއެކުގަ އެވެ.

އީދު ފާހަގަ ކުރުމުގެ ގޮތުން ހެޕީމާކެޓުގެ އެހީގައި ދަނީ "ހެޕީމާކެޓް އީދު އުފާ 1440 އެޓް ހަނިމާދޫ" ގެ ނަމުގައި ގިނަ ހަރަކާތް ތަކެއް ކުރި އަށް ގެންދަމުންނެވެ. މި ހުރިހާ ހަރަކާތް ތަކެއް އިންތިޒާމު ކުރަނީ އެ ރަށުގެ ތިން ޖަމިއްޔާ އަކުންނެވެ. މި އީދު ފެސްޓިވަލްގެ ތެރޭގައި އެ ކުންފުނިން ވިއްކާ ރަޝިއާގެ އެން-ނޫރު ބްރޭންޑާއި ބްރެޒިލްގެ ސީރާ ބްރޭންޑް ވަނީ އިޝްތިހާރު ކޮށްފަ އެވެ.

އީދު ފެސްޓިވަލްގެ ތެރޭގައި "ރޮބޯމޭން" އާއެކު އެ ރަށުގައި ގިނަ ހަރަކާތްތަކެއް ކުރި އަށް ގެންދިޔަ އެވެ. އަދި "ސަޕްރައިޒް ގިފްޓް" ގެ ގޮތުގައި ގިފްޓް ޕެކް ތަކެއް ވަނީ ބަހާފަ އެވެ. މީގެ އިތުރުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ވާދެދުމާއި ކޭން ކެއުން އަދި ވޮލީ ބޯޅަ ކުޅުމާއި ފިރިހެނުންގެ ބައިބަލާގެ އިތުރުން ސްޓޭޖް ޝޯ އެއް ވެސް ހިމެނެ އެވެ.

ހޮނިހިރު ދުވަހުގެ ނިޔަލަށް ދިގު ދެމިގެންދާ އީދު ކުޅިވަރުތަކުގެ ފަހު ދުވަހު އަންހެނުންގެ މަސް ރޭހަކާއި ރައްޔިތުންނާއެކު ބާއްވާ ބާބެކި އުއެއް ވެސް އޮންނާނެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345