ހަބަރު

ފޭދޫ ޕޯސްޓް އޮފީހުން ވައްކަން ކޮށްފި

Aug 14, 2019

އައްޑޫ ސިޓީ، ފޭދޫ ޕޯސްޓް އޮފީސް ފަޅާލައި، ވައްކަންކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި އެތަނުން ވަގަށް ނަގާފައިވަނީ ދެ ސީޕީއޫ އާއި ޕްރިންޓަރެއް އަދި ސްކޭނަރެކެވެ.

މި މައްސަލާގައި މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ. ވަގަށް ނެތި ތަކެތި ވެސް ނުހޯދެ އެވެ. ފުލުހުން ދަނީ ތަހުގީގު ހިންގަމުންނެވެ.