މާލޭ މަގެއް މަތީ ހުރި މީހެއްގެ ފޯނު ފޭރިގަނެފި އެވެ.
މިކަން ހިނގާފައިވަނީ ލިލީ މަގާއި ޗަންދަނީ މަގާ ގުޅުނު ކަންމަތިންނެވެ.
އެމީހާގެ އަތުން ފޯނު ފޭރިގަތީ އެ މަގުން ދިޔަ ސައިކަލެއްގައި ތިބި ދެ މީހުން ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. ނަމަވެސް މިހާތަނަށް އެމީހުން އަތުލައިގަނެވިފައެއް ނުވެ އެވެ.
މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.