ހަބަރު

ފުލުހުންގެ ސައިކަލަކަށް ގެއްލުން ދިން މީހަކު ހައްޔަރުކޮށްފި

ފުލުހަކަށް އިންޒާރުދީ، ފުލުހުން ގެންގުޅޭ ސައިކަލަކަށް ގެއްލުން ދިން މައްސަލައެއްގައި މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ހައްޔަރު ކުރީ އުމުރުން 25 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރު ކުރީ ރޭ 12:15 ހާއިރު އދ. މަހިބަދޫން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.