ހަބަރު

މޫދަށް އެރުނު ބައެއްގެ ފޯނުތައް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

Aug 16, 2019

ވިލިމާލެ މުދަށް އެރުމަށް ގޮނޑުދޮށުގައި ބެހެއްޓި ފޯނުތަކަކާއި ފައިސާތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު ރިޕޯޓް ލިބުނީ ވިލިމާލެ ގޮނޑޮދޮށުން ފޯނުތަކަކާއި ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނަގާފައިވާ ކަމުގެ މައުލޫމާތު ކަމަށެވެ.

އެތަކެތި ވަގަށް ނެގި 29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެމީހާ މިއަދު ހެނދުނު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާ ވަގަށް ގެންދިޔަ ތަކެތި ހޯދައި ވެރި ފަރާތާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި އީދު ބަންދުގައި ވައްކަމާއި ފޭރުމުގެ ގިނަ މައްސަލަތަކެއް ފުލުހަށް ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި ގިނަ މައްސަލަތަކުގައި މީހުން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.