ހަބަރު

175 މީހުންނާއެކު މާލެއަށް ދަތުރު ކުރި ލޯންޗެއް ހުއްޓިގެން އެހީވަނީ

Aug 17, 2019
ހުއްޓިފައިވާ ލޯންޗަށް ކޯސްޓްގާޑުން އެހީވަނީ
0%
0%
0%

ތ. އަތޮޅުން މާލެއަށް 175 މީހުންނާއެކު ދަތުރު ކުރި ލޯންޗު އިންޖީނު ހުއްޓިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސާ މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ 175 މީހުންނާއެކު ދަތުރު ކުރި "ވިޓަމިން ސީ" ނަމަކަށް ކިޔާ ލޯންޗު އޮތީ ވ. ދިއްގަލުވަށި ފަޅުގެ ހުޅަނގުން 1 ނޯޓިކް މޭލު ބޭރުގައި ހުއްޓިފައި ކަމަށެވެ. އެ ފެރީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކޯސްޓްގާޑުގެ ލޯންޗާއި ސީ އެމްބިއުލެންސް އެ ސަރަހައްދަށް ގޮސްފައިވާ ކަމަށާއި އެ ލޯންޗުގައި ތިބި އަންހެނުންނާއި ކުޑަ ކުދިން ސީ އެމްބިއުލެންސްއަށް އަރުވަމުންދާ ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ލޯންޗު ހުއްޓިފައި ވަނީ ތެޔޮ ހުސްވެގެން ކަމަށާއި އެހެން އުޅަނދެއް ތެޔޮ ހިފައިގެން އުޅަނދާ ދިމާލަށް ދަތުރު ކުރަމުން އަންނަ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345