ސްރީލަންކާއަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ފަސްޓްލޭޑީ ފަޒުނާ އަހުމަދު ލަންކާއަށް ވަޑައިގަތީ މިދިޔަ ބުދަ ދުވަހުގަ އެވެ. ރައީސްގެ ދެކަނބަލުން ލަންކާއަށް ވަޑައިގަތީ ނުރަސްމީ ދަތުރުފުޅެއްގައެވެ.
ރައީސް ސޯލިހު ލަންކާއަށް ވަޑައިގަތީ އީދު ޗުއްޓީއަށެވެ. ބޮޑު ބަންދަކަށް ފަހު މާދަމާ ސަރުކާރު ރަސްމީކޮށް ހުޅުވޭނެ އެވެ.