ހަބަރު

މަރާމާތަށް ދަތުރުވެރިންގެ މާރުކޭޓު ހުސްކުރަނީ

Aug 18, 2019
1

ދަތުރުވެރިންގެ މާރުކާޓު މަރާމާތު ކުރުމަށް ވަގުތީ ގޮތުން ބަންދު ކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މަސްމާރުކޭޓު ކުރިމަތީ އޮންނަ ދަތުރުވެރިންގެ މާރުކޭޓު ބަންދު ކުރަން ނިންމީ އެތަނުގެ އާބާތުރަ ފިލުވައި ގޮޅިތަކަށް ބައެއް ބަދަލު ގެނައުމަށްޓަކައި ކަމަށެވެ. އަދި އެތަނުގައި ކުރަން ޖެހޭ ބައެއް މަރާމާތުތައް ކުރުމަށް ވެސް ނިންމާފައިވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އެހެންކަމުން މި މަހުގެ ނިޔަލަށް ދަތުރުވެރިންގެ މާރުކޭޓު ބަންދު ކުރުމަށާއި އެތަން ހުސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.