ވިޔަފާރި

ސޮނީގެ ދަ ސީން "ސޮނީ ހޯމް"ގެ ނަމުގައި އަލުން ހުޅުވައިފި

Aug 18, 2019

ސޮނީ ކުންފުނިން ކުރިން ހިންގި ދަ ސީން ބައި ސޮނީ ހާޑްވެއާ "ސޮނީ ހޯމް" އަށް ރީބްރޭންޑްކޮށް އަލުން ހުޅުވައިފި އެވެ.

ސޮނީ ކުންފުނިން ބުނީ ދަ ސީން ބައި ސޮނީ ރީބްރޭންޑްކޮށް، މަޖީދީ މަގުގައި "ސޮނީ ހޯމް" ގެ ނަމުގައި ހުޅުވުމާއެކު އެތަން ހާއްސަކުރެވިފައިވާނީ ހޯމް އިންޕްރޫމަންޓް އައިޓަމްތަކަށް ކަމަށެވެ. މިތަނުން ލިބޭ އުފެއްދުންތަކުގެ ތެރޭގައި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ ބަދިގެ އަށް ބޭނުންވާ ގިނަ އައިޓަމްތަކާއި ހޯމް އެޕްލައަންސް އަދި ގޭތެރެ އަށް ބޭނުންވާ މުދަލުގެ އިތުރުން ސާފްކުރުމާއި ލޯންޑްރީ އައިޓަމްސް ހިމެނެ އެވެ.

މި ބަދަލާއި އެކު ކަސްޓަމަރުންނަށް ލުއި ފަސޭހަވާނެހެން އަމިއްލަ އަށް ތަކެތި ތަޖުރިބާކޮށްލެވޭ ގޮތަށް މި ފިހާރަ ވަނީ ފަރުމާކޮށްފަ އެވެ. އަދި މި ބަދަލާއެކު ދަ ސީން އިން ވިއްކަމުން އައި ސެނިޓަރީ އައިޓަމްސްތަކާއި ތަށިމުށި ލިބެން ހުންނާނީ ސޮނީ ހާޑްވެއާ ޖަނަވަރީ މަގު ފިހާރަ އިންނެވެ.

ސޮނީ ހާރޑްވެއާއަކީ ހާޑްވެއާ ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި ގެދޮރު ޒީނަތްތެރިކުރުމަށް ބޭނުން ކުރާ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަށް ރާއްޖޭގައި ވިއްކުމާއި ސާވިސް ދިނުމުގައި ކަސްޓަމަރުންގެ އިތުބާރު ހޯދައިފައިވާ ލީޑިން އެއް ކުންފުންޏެވެ.