ވިޔަފާރި

ސޮނީ ހޯމް: ގެއިން ގަނެވޭނެ!

Mar 30, 2020

ސިއްހީ ތަޖުރިބާކާރުން ތަކުރާރުކޮށް އެދިވަޑައިގަންނަވަނީ މިވަގުތު އެންމެން ގޭގައި މަޑު ކުރުމަށެވެ. އެހެންވެ، ގޭގައި ތިބޭ މީހުންނަށް ބޭނުންވާ ސާމާނު ފޯރުކޮށް ދިނުމުގެ ހިދުމަތް ވަނީ ފުޅާ ވެފަ އެވެ. މި ފަދަ އެންމެ ރަނގަޅު ހިދުމަތެއް މިހާރު ދޭ އެއް ފަރާތަކީ ސޮނީ ހާޑްވެއާ އެވެ. ސޮނީ ހާޑްވެއާގެ ވެބްސައިޓުން އޯޑަރު ދިނުމުން މުދާ ގެއާ ހަމައަށް ގެންގޮސް ދޭނެ އެވެ.

"ވެބްސައިޓުން ކިތަންގެ ކުޑަ އެއްޗެއް އޯޑަރު ދިނަސް މާލެއާ ހުޅުމާލޭގައި ކޮންމެ ހިސާބަކަށް ގެންގޮސް ދޭނެ. އެކަމަށް އިތުރު ޗާޖެއް ނުނަގާނެ،" ސޮނީ ހާޑްވެއާ އިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވި އެވެ.

ސޮނީ ހާޑްވެއާގެ "އޮންލައިން ޝޮޕިން" ގެ ހިދުމަތުގެ ބޭނުމަކީ ކަސްޓަމަރުންނަށް ލުއި ފަސޭހަކަމާއެކު މުދާ ގަންނަން ފުރުސަތު ދިނުމެވެ. އެ މަގުސަދުގައި މިހާރު ސޮނީގެ މުދާގެއިން ގަނެލެވޭނެ އެވެ. މާނައަކީ ގޭގެ ސިޓިން ރޫމްގައި އޮވެގެން އަތުގައި އޮންނަ ފޯނުން ބޭނުންވާ އެއްޗަށް އޯޑަރުކޮށްލުމުގެ ފަސޭހަ ލިބުމެވެ. އެހެންވެ މިހާރު ކޮންމެހެން ފިހާރަ އަށް ނުގޮސް ވެސް މުދާ ގަތުމުގެ ފުރުސަތު މިވަނީ ފަހިވެފަ އެވެ.

ސޮނީ ހާޑްވެއާގެ ވެބްސައިޓުން މުދާ ގަތުމުން ވަގުތުން ފައިސާ ދައްކާ ލެވޭނެ އެވެ. ކޮންމެހެން ހާޑް ކޭޝް ބޭނުން ކުރުމުގެ ބަދަލުގައި އޮންލައިންކޮށް މި ހިދުމަތް ހޯދުމުގެ ފުރުސަތު އޮތީ ފަހިވެފަ އެވެ.

ހިލޭ ޑެލިވަރީ: މި ވަގުތަށް މާ އަގުހެޔޮ

ކުރި މަތީގައި ރޯދަ މަސް އޮތުމުން ސޮނީ އިން ހާއްސަ ރޯދަ ސޭލެއް ވެސް ފަށާފަ އެވެ. މި ސޭލްގައި ހުރި ތަކެތި ސޮނީގެ ވެބްސައިޓުން ގަތުމުން މާ އަގުހެޔޮކޮށް ލިބެ އެވެ. ސޮނީގެ ސައިޓުގައިހުރި ބާވަތްތަކުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ މޮޅު ބަދިގެ ސާމާނާއި ހޯމް އިމްޕޫވްމެންޓަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ހިމެނެ އެވެ. އަދި ވެބްސައިޓުން ގަންނަ ތަކެތި މާލެ އަދި ހުޅުމާލޭގެ ކޮންމެ ހިސާބަކަށް ހިލޭ ޑެލިވަރީ ވެސް ކޮށްދޭނެ އެވެ.

ސޮނީ ސައިޓް

  • އާއްމުކޮށް ގޭގައި ބޭނުން ކުރާ ގިނަ ސާމާނު ލިބޭ
  • ޔޫސާ ފްރެންޑްލީ- ބޭނުން ކޮށްލަން ފަސޭހަ
  • ތަކެތި ގަނެ، ފައިސާ ދައްކާލުމުގެ ފަސޭހަ

ސޮނީ ހާޑްވެއާ އިން ދަނީ ވިޔަފާރިވެރިންނަށް ހާއްސަކޮށް ވެސް މުދާ ގެންގޮސް ދިނުމުގެ ހިދުމަތް ދެމުންނެވެ. ބޭނުންވާ މުދަލަށް އީ-މެއިލް މެދުވެރިކޮށް އޯޑަރު ދީ، ޕީއޯ ފޮނުވުމުން އެ އެއްޗެއް ސައިޓަށް ގެންގޮސް ދޭނެ އެވެ. މީގެ އިތުރުން މާލެ ބަނދަރުގައި އޮންނަ އުޅަނދާހަމަ އަށް ވެސް މުދާ ފޯރުކޮށް ދޭނެ އެވެ.