ވިޔަފާރި

ސޮނީ ހާޑްވެއާ ހުޅުމާލޭ ފިހާރާގައި "މިނިސޯ" ގެ ފިހާރައެއް

Aug 3, 2020

ސޮނީ ހާޑްވެއާ އިން ހުޅުމާލޭގައި ހިންގާ ހިތްގައިމު ބޮޑު ފިހާރައިގެ ތެރޭގައި "މިނިސޯ" ގެ ފިހާރައެއް ހުޅުވައިފި އެވެ.

ސޮނީ ސްޕޯޓްސްގެ މާކެޓިން މެނޭޖަރު މުހައްމަދު ޝަހުލީން ވިދާޅުވީ މިނީސޯގެ މި ފިހާރަ ހުޅުވުމާއެކު ހުޅުމާލޭގެ ރައްޔިތުންނަށް "ޝޮޕް އިން ޝޮޕް" އެކްސްޕީރިއަންސެއް ލިބިގެންދާނެ ކަމަށެވެ.

"މިނިސޯ ފިހާރަ ހުޅުވާފައި ހުންނާނީ ސޮނީ ހާޑްވެއާ ހުޅުމާލެ ފިހާރައިގެ ތިންވަނަ ފްލޯގަ. މިހާރު ވިޔަފާރި ކުރަން ގޮސް އެއް ތަނަކުން ވިޔަފާރި ކޮށްލެވޭނެ،" ޝަހުލީން ވިދާޅުވި އެވެ.

މިނިސޯ ފިހާރައިން އިލެކްޓްރޯނިކް ސާމާނާއި ރީތިވާން ބޭނުންވާ ބާވަތްތައް އަދި ކުޑަކުދިން ކުޅޭ ސާމާނުގެ އިތުރުން ބަދިގޭ ސާމާނާއި ސްޓޭޝަނަރީ އަދި މޭކަޕް މޭކަޕް ކުރަން ބޭނުންވާ ސާމާނާއި ސްކިން ކެއާ ޕްރޮޑަކްޓްސް ލިބެން ހުރެ އެވެ. ސޮނީ އިން މީގެ ފިހާރައެއް އެންމެ ފުރަތަމަ ހުޅުވާފައިވަނީ އަމީނީމަގު، ކަލާފާނު ސްކޫކް ކައިރީގަ އެވެ. ފްރެންޗައިޒް މި ބްރޭންޑުގެ ފިހާރަތައް ދުނިޔޭގެ 90 ގައުމެއްގައި ހުރެ އެވެ.

ސޮނީ ހާޑްވެއާއިން ވަނީ މިނިސޯ ހުޅުމާލޭގައި ހުޅުވުމާއެކު ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށާފަ އެވެ. ސޮނީ ހާޑްވެއާ އިން ވިއްކާ ބްރޭންޑް ތަކުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ދޭނެ އެވެ.

ސޮނީ ހާޑްވެއާއިން ދަނީ ރާއްޖެ އަށް ކޮލިޓީ އެތަށް ބްރޭންޑެއް ތައާރަފުކޮށް ވިއްކަމުންނެވެ. މީގެ ތެރޭގައި "ކާޗާ" އާއި "ލެޑްވާންސް" އަދި "އޮސްރާމް" އާއި "ބޯޝް" އަދި "ޑަންލޮޕް" ފަދަ ގިނަ ބްރޭންޑް ތަކެއް ހިމެނެ އެވެ.