ލައިފްސްޓައިލް

ހަދިޔާއަށް ސެންޓުފުޅި ވަރެއް ނެތް!

އުފަންދުވަސް ނުވަތަ އެނިވާސަރީއެއްގައި ނޫނީ އެހެންވެސް މުނާސަބަތަކާއި ގުޅުވައިގެން ލޯބިވެރިޔާއަށް ހަދިޔާ އެއް ދޭ ނަމަ އެންމެ ފުރަތަމަވެސް ކޮންމެވެސް މީރުވަހެއް ދުވާ ސެންޓުފުޅިއެއް ގަންނަން ކަނޑައެޅޭ ގޮތް ވެއެވެ. ސަބަބަކަށް ވަނީ ސެންޓުފުޅިއެއް ލިބުމަކީ އެ ލިބޭ މީހާވެސް އުފާވާ ހަދިޔާއަކަށް ވާތީ އެވެ.

ސެންޓެއްވެއްޖިއްޔާ އެ ސެންޓުފުޅި އުފަލުން ގަބޫލު ކުރާތީ އެވެ. އެހެންވެ ހަދިޔާއަކަށް ދޭން އެންމެ ރަނގަޅީ ސެންޓުފުޅިއެކެވެ. ސެންޓުފުޅިވަރު އެއްޗެއް އަދިވެސް ނެތެވެ.

މިގޮތުން ފިރިހެނުންނަށް ހާއްސަ ކުރެވިފައިވާ ސެންޓަށް ބަލާއިރު މި އެންމެ ހިނގާ ފުޅިތަކަކީ މިއީއެވެ.

ސޮވޭޖް ބައި ޑިއޯ

މިއީ 2018 ވަނަ އަހަރު ޑިއޯ އިން ނެރުނު އާ އެޑިޝަނެކެވެ. މި ސެންޓުގައި ހުންނަނީ ވަރަށް ގަޔާވާ ކަހަލަ ފިރިހެންވަންތަ ވަހެކެވެ. ވެނީލާ ބޭސްއެއްގައި ހުންނަ މި ސެންޓު ކަމުދަނީ ގިނައިރު ވަސް ހުރުމުންނެވެ. މި ސެންޓުގެ އިޝްތިހާރު ކުރުމަށް ޑިއޯ އިން ބްރޭންޑް އެމްބެސަޑަރު ކަމަށް ހަދާފައިވަނީ ހޮލީވުޑްގެ މަޝްހޫރު ތަރި ޖޮނީ ޑެޕެވެ. އެެހެންކަމުން މި ސެންޓު އެންމެ ރަނގަޅަށް ކިޔައިދޭނެ ގޮތަކީ މީގެ ވަސްޖެހުމުން އިތުރަށް އިނގެން ބޭނުންވާ ގޮތެއް ހުންނަ ކަހަލައޭ ބުނާ ކަހަލަ ވަހެކެވެ.

ސީއެޗްގެ ބޭޑް ބޯއި

އަންހެން ކުދިންނަށް ކަމުދަނީ ބޭޑްބޯއިސް އެވެ. މިހެން ބުނާ އަޑަކީ އާއްމު އަޑެކެވެ. މިފަހަރު މިއޮތީ ބޭޑް ބޯއީ ނަމަކަށް ކިޔާ ސެންޓެކެވެ. ކެރޯލިނާ ހެރެރާގެ ބޭޑް ބޯއި އަކީ މުޅިން އާ ސެންޓެކެވެ. މި އަހަރު އަަލަށްވެސް ނުކުތް މި ސެންޓުގެ ބޭސް އަކީ އެމްބާވުޑް އާއި ކަކާއޯ އެވެ. ސެންޓު ފުޅީގެ ޑިޒައިން ތަފާތު ގޮތަކަށް ހުރުމުން މިއީ ސެންޓު ހުސްކުރި ފުޅި އެއްކުރާ މީހުންނަށް ވެސް ސަޅި ސެންޓަކަށް ވާނެ އެވެ.

ޑަންހިލް އައިކަން ރޭސިން

ޑަންހިލް ސެންޓުތަކަކީ ފްރެޝްވަސް ހުންނަ ކަމަށް މަޝހޫރުކަން ހޯދާފައިވާ އެއްޗެއްކެވެ. މަސްކްގެ ބޭސް ނޯޓެއް ހިމެނޭ މި ސެންޓަކީ ސަމާ ވައިބެއް ގެނެސްދޭނޭ ސެންޓެއް ކަމަށް ރިވިއުތައް ބުނެއެވެ. މި ސެންޓުގެ ސިލާޖް ނުވަތަ ސެންޓް ޖެހުމުން ގިނަ ވަގުތު ވަސް ވައިގެ ތެރޭގައި ވެސް ހުރުމުން މިއީ ސިގްނޭޗާ ސެންޓަކަށް ހަދަން ޑަންހިލްގެ އެހެން މަގުބޫލު ސެންޓުތަށް ކަމުދާ މީހުންނަށް ސަޅިވާނެ ސެންޓެކެވެ.

އަންހެން ސެންޓުތަކަށް ބަލާއިރު މިދުވަސްކޮޅު ގަދައަށް ހިނގާ ސެންޓުތައް ވެސް ހިމެނެ އެވެ

ލޭންކޮމް ލެނުއިޓް

ޑައެމެންޑް ޝޭޕަށް ކަޅު ކުލައިގެ ސެޓިން ފިނިފެންމަލަކާއި ޓައިއެއް ޖަހާފައިވާ މި ސެންޓު ފުޅި މިއީ މިހާރު އެންމެ ހިނގާ އަންހެން ސެންޓެވެ. ފޮނި ވަހަކަށް ވުރެ ބޮޑަށް ހިތްދަމައިގަންނަ ވަހެއް ހުންނަ މި ސެންޓަކީ ގިނައިރު ވަސް ހުންނަ އަދި ޖެހުމުން ވަސް ގިނައިރު ހިފަހައްޓާ ސެންޓެކެވެ.

މިއީ ލެންކޮމް އިން 1990 ގެ ނެރުނު ޓްރޭޒާ ގެ އިތުރު ބާވަތެކެވެ. މި ސެންޓުގެ ބްރޭންޑް އެމްބެސެޑަރަކީ ޕެނެލޮޕީ ކުރޫޒްއެވެ.

ހާމިސް ޓްވިލީ

މި ސެންޓަކީ ޒުވާން އަންހެންކުދިންނަށް ޓާގެޓްކޮށް ހަދާފައިވާ ސެންޓެކެވެ. މި ސެންޓުގެ ބޭސްއަކީ ކެލައެވެ. ޒުވާން އަންހެންކުދިންގެ މެދުގައި މަގުބޫލު ވަމުން އަންނަ ތުނި ސްކާފެއް ސެންޓުފުޅީގައި އޮޅާލާފައިވާއިރު މި ސެންޓަކީ ޒުވާން ފްރެޝް އަދި މާމެލާމެލީގެ ވަހެއް ހިމެނޭ އެއްޗެއްކެވެ.

ވައިއެސްއެލް ގެ މޮން ޕެރިސް

މިއީ ވައިއެސްއެލްގެ ޕެރިސް އިންސްޕަޔާޑް ލައިންއެއްގެ އުފެއްދުމެކެވެ. ގިނަ ވަތުގު ވަސް ހުންނަ މި ސެންޓުގެ އެންމެ ފާހަގަ ކޮށްލެވެނީ ތާޒާކަން ގެނެސްފައިވަނީ ފޮނި މޭވާ ވަސްތަކުންނެވެ. ސްޓްރޯބެރީ، ރާސްބެރީ އަދި ޕެއާގެ ވަހާއި އެކުވެގެން އަންނަ މާމެލާމެލީގެ ވަހުން މި ސެންޓު ފުރިހަމަކޮށްދީ ރޮމޭންޓިކް ފީލެއް ގެނެސްދެއެވެ.