އެމްޓީސީސީ

ފ. އަތޮޅުގައި އެމްޓީސީސީން ފެރީގެ ހިދުމަތް ދޭން ފަށައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފ. އަތޮޅުގެ ރަށްތަކަށް ފެރީގެ ހިދުމަތް ދޭން ފަށައިފި އެވެ.

އެމްޓީސީސީން ބުނީ ފ. އަތޮޅުގައި ފެރީގެ ހިދުމަތްތައް ދޭން ފަށާފައިވަނީ އެ އަތޮޅު ފީއަލިން ނިލަންދޫ އަށެވެ. އަދި ރޫޓް 406 އިން ދަތުރު ކުރާނީ އެ އަތޮޅުގެ ބިލެއްދޫއާ މަގޫދޫއާ ދަރަނބޫދޫ އަދި ނިލަންދޫ އަށެވެ. އެމްޓީސީސީން ބުނީ މި ހިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ލިބޭނެ ކަމަށެވެ.

ފެރީ ދަތުރުރުގެ އަގަކީ 20 ރުފިޔާ އެވެ. މިއީ 100 މީހުންގެ ޖާގައިގެ ފެރީއެކެވެ. އަދި ފެރީގައި ބައިސްކަލުގެ އިތުރުން ލުއި ލަގެޖު ވެސް ގެންދެވެ އެވެ.

އެމްޓީސީސީން ފ. އަތޮޅުގައި ފެރީގެ ހިދުމަތް ފަށާފައިވާއިރު މި މަހު ކުރީ ކޮޅު ވަނީ ދ. އަތޮޅަށް ވެސް ފެރީގެ ހިދުމަތް ދޭން ފަަށާފަ އެވެ.