ބޮލީވުޑް

"ތަޚްތު"ގެ ވަރުގަދަ ކާސްޓު ދައްކާލީ ކަރަަންގެ އިންސްޓަގްރާމުން

ކަރަން ޖޯހަރު ޑައިރެކްޓު ކުރާ ފިލްމު ތަޚްތުގެ ފައިނަލް ކާސްޓުގެ ލުކެއް ކަރަން އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ދައްކާލައިފި އެވެ.

މުގަލް ޒަމާނުގެ ވާހަކަތަކެއް ކިޔައިދޭ މި ފިލްމުގެ ކާސްޓުންގެ ތެރެއިން ލީޑު ރޯލުތައް ދީފަަައިވަނީ ބޮލީވުޑްގެ ބޮޑެތި ތަރިންނަށެވެެ. ކަރަަންގެ އިންސްޓަގްރާމް ސްޓޯރީގައި ފިލްމުގެ ކާސްޓުންގެ ބްލެކް އެންޑް ވަައިޓް ފޮޓޯ ތަކެއް ހަރުކޮށްފައި ހުރި ފާރެއްގެ ވީޑިއޯ އެއް ވަނީ ދަައްކާލާފަަ އެވެ. "ތަޚްތުު"ގައި ރަންވީރު ސިންގް، އާލިއާ ބަޓް، ކަރީނާ ކަޕޫރު، ބޫމީ ޕެޑްނޭކަރު، އަނިލް ކަޕޫރު އަދި ޖާންވީ ކަޕޫރުވެސް އެކުގައި ފެންނާނެ އެވެ.

ހަބަރުތައް ބުނާ ގޮތުން، މިހާރު ކުރިއަށް ދަނީ ފިލްމުގެ ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތްތަކެވެ. އެގޮތުން، ފިލްމު ނަގާނެ ލޮކޭޝަންތައް ޔަގީން ކުރުމާއި ސެޓް ޑިޒައިން ކުރުން ހިމެނެ އެވެ. މި ފިލްމަކީ ކުރީ ޒަމާނުގެ ސްޓައިލަށް ގެނެސްދޭ ފިލްމެއް ކަމުން އެ ޒަމާން ދައްކުވައިދޭ ގޮތަށް ސެޓުތައް ފުރިހަމަ ކުރަން މަސައްކަތް ކުރާނެ ކަމަށް ބެލެވެ އެވެ.

ފިލްމުގެ ޝޫޓިން އަށް ތައްޔާރު ވަމުން އަންނަ އިރު، ވާހަކައިގެ ބަހުރުވަ އަދި ބޮޑީ ލެންގުއޭޖު ދަސްކޮށްދިނުމަށް ފިލްމުގެ ޑައިރެކްޓަރު އިތުރު ކްލާސްތަކެއް ނަގައިިދެމުން އަންނަ ކަމަށްވެސް މީގެ ކުރިން ރިޕޯޓުކޮށްފައި ވެ އެވެ.

މި ފިލްމުގައި ދައްކުވައިދޭނީ، މުގަލް ޒަމާނުގައި ރަސްކަން ކުރި ޝާހް ޖަހާންގެ ދޮށީ ފިރިހެން ދަރި އާއި ހަގު ފިރިހެން ދަރީގެ ދެމެދުގައި ހިނގާ ހަނގުރާމަ އެވެ.

"ތަޚްތު" އަންނަަ އަަހަރު ކުރީ ކޮޅު އަަޅުވަން ނިންމާފައިވީ ނަމަވެސް، މިހާރު ވަނީ ރިލީޒް ޑޭޓް ލަސްކޮށްފަ އެވެ. އަންނަ އަހަރުގެ ފަަހުކޮޅު ކަރަންްގެ މި ފިލްމު އަަޅުވާނެ ކަމަށް ފިލްމުގެ ޓީމުން ބުުނެ އެވެ.