ޑރ. މުހައްމަދު މުއިއްޒު

ރައީސް ޔާމީންގެ ތަރައްގީ ހިތްތަކުން ފޮހެ ނުލެވޭނެ: މުއިއްޒު

Aug 21, 2019
4
ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު
0%
0%
0%

މާލޭގެ ރަސްރަނި ބަގީޗާގެ ނަން ބަދަލު ކުރިޔަސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖެއަށް ގެނެސް ދެއްވި ތަރައްގީ ރައްޔިތުންގެ ހިތުން ފޮހެ ނުލެވޭނެ ކަމަށް ރައީސް ޔާމީން ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ނައިބު ރައީސް ކަމުގެ މަގާމު އަދާ ކުރައްވާ އަދި މި ސަރުކާރަށް އެންމެ ބޮޑަށް ފާޑު ވިދާޅުވާ މުއިއްޒު ޓްވީޓެއް ކުރައްވާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ބޮޑެތި ބަދަލުތަކާއެކު ތަރައްގީކޮށް "ރަސް ރަނި ބަގީޗާ" ގެ ގޮތުގައި ކުރީގެ ސަލްޓަންޕާކް ހުޅުވީ އޯގަސްޓް 21، 2017 ގައި ކަމަށާއި ރަސްރަނި ބަގީޗާއަށް މިއަދު ދެ އަހަރުވެފައިވާއިރު އެ ބަގީޗާގެ ނަން މި ސަރުކާރާއެކު ބަދަލުކޮށް ނަން ފޮހެލާފާއިވާ ކަމަށެވެ.

ނަމަވެސް މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ގެނެސް ދެއްވި ތަރައްގީ ދިވެހިންގެ ހިތްތަތަކުން ދުވަހަކުވެސް ފިލުވައި ނުލެވޭނެ ކަމަށެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓް

ފަންސާހަކަށް އަރު ވަންދެން ސަލްޓަންޕާކްގެ ގޮތުގައި އޮވެ ވީރާނާވެފައިވާ ޕާކް ތަރައްގީކޮށް ރަސްރަނި ބަގީޗާގެ ނަމުގައި ހުޅުވާފައި އޮއްވާ އެ ބަގީޗާގެ ނަން ބަދަލު ކުރުމުން އާންމު ބައެއް ފަރާތްތަކުން ވެސް ވަނީ ފާޑުކިޔާފަ އެވެ. އަލުން ސަލްޓަން ޕާކުގެ ނަމަށް ބަދަލު ކުރިޔަސް އާންމުން މިހާރު ބޭނުން ކުރަަނީ ރަސްރަނި ބަގީޗާގެ ނަމެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910