ވިޔަފާރި

އުރީދޫން ހަސަނަށް ދިން ފޯނާއެކު އަގުތައް ދަށަށް!

"ހަސަނަށް ތަ؟ ފޯނެއް، މަޑުކޮށްލަށްޗޭ،؟ " މިއީ ވަތަނިއްޔާ 2005 ވަނަ އަހަރު ރާއްޖެއަށް އައި ދުވަސްވަރު އެންމެ ފުރަތަމަ ފެނުނު އިޝްތިހާރެވެ. މި އިޝްތިހާރުގައި ފެންނަނީ ހަސަނަށް ފޯނެއް އައިސްގެން އެ ފޯނު ޕާސްކުރާ ތަނެވެ. ހަސަނަށް އައި ފޯނު ހިފައިގެން ކަނޑު ހުރަސްކޮށް ހަސަނާ ހަމައަށް ފޯނު ގެނެސް ދެ އެވެ. މިއީ އިޝްތިހާރެއް ނަމަވެސް މީގައި ގިނަ މާނަ ތަކެއް ނެގިދާނެ އެވެ. އެއް މާނައަކީ އޭރުގެ ވަތަނިއްޔާ އިން ހިދުމަތް ދޭން ބޭނުންވާ ފެންވަރެވެ. މުޅިރާއްޖޭގެ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ހިދުމަތް ދޭނެ ވާހަކަ އެވެ. އޭގެ 10 އަހަރު ފަހުން މިވަނީ އެ ހުވަފެން ހަގީގަތަކަށްވެފަ އެވެ. އެ ދުވަހު ހަސަނަށް ދިއްކޮށްލި ފޯނާއެކު، މޮބައިލް ފޯނުގެ އަގުތައް މިވަނީ ދަށަށް ގޮސްފަ އެވެ.

"އަޅުގަނޑުމެންގެ އަބަދުގެ ވެސް މަގުސަދެއް އަގު ހެޔޮ. ފަހުގެ ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފު ކުރުމަކީ،" އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ އަބަދުވެސް ވިދާޅުވާ ވާހަކައަކީ މިއީ އެވެ.

ފަހުގެ ޓެންނޮލޮޖީ ގެނެސް، އަގު ހެޔޮ ކުރަން އުރީދޫން ރާއްޖޭގެ ކަނޑަށް ނުކުތީ 2005 ވަނަ އަހަރު އެވެ. ބައެއް ކުދި ޖަޒީރާ ގައުމުތަކުގައި ހިދުމަތް ދެމުން ގެންދާ ކުންފުނީގެ މި ހިދުމަތް ރާއްޖޭގައި ފެށުން ވެގެން ދިޔައީ މޮބައިލް ހިދުމަތަށް ބުނަން ދަތި "އަވަސް ކަމެއް" ގެ ފެށުމަށެވެ.

މި ބަދަލާއެކު ކުރިން ރާއްޖޭގެ ބޭރަށް މިނެޓަކަށް 10ރ. ޗާޖުކުރި ނަމަވެސް މި އަދަދު އެއް ރުފިޔާ އަށް ތިރިވެގެން ދިޔަ އެވެ. އަދި ރާއްޖޭގެ މޮބައިލް ކަސްޓަމަރުން އަގު ބޮޑުކޮށް ގަންނަމުން ދިޔަ ޕްރިޕެއިޑް ކިޓްގެ އަގު ވެސް ދަށްވެގެން ދިޔަ އެވެ. ރާއްޖެއަށް މުޅިން އަލަށް ގިނަ ހިދުމަތްތަކެއް ތައާރަފު ކުރި އެވެ. 

ޓޫޖީ ތައާރަފު ކުރުން

ޓޫޖީ އެޖް ތައާރަފުކުރުން

ތްރީޖީ ތައާރަފު ކުރުން

ތްރީޖީ ޕްލަސް ތައާރަފު ކުރުން

އެލްޓީއީ އެޑްވާންސް ޓެކްނޮލޮޖީ ތައާރަފު ކުރުން، ފޯޖީ ދިނުން

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވި ގޮތުގައި އެ ކުންފުނިން އެންމެ ބޮޑު އަހަމިއްޔަތު ކަމެއް ދޭ ކަންތައްތަކުގެ ތެރޭގައި ކަސްޓަމަރުންނަށް ކުރިއެރުން ހޯދައިދިނުމަށް މަގު ފަހިކޮށްދޭ ހިދުމަތްތައް ތައާރަފު ކުރުން ހިމެނޭ ކަމަށެވެ.

"ރާއްޖޭގައި ދިހަ އަހަރު ހޭދަކުރުމުގެ އުފާ ފާހަގަ ކުރާއިރު، އުރީދޫގެ މޭނޭޖްމަންޓާއި މުވައްޒަފުންގެ ފަރާތުން އަޅުގަނޑުމެންގެ ހުރިހާ ކަސްޓަމަރުންނަށްވެސް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. އަޅުގަނޑުމެންގެ ކަސްޓަމަރުންނަކީ ދުނިޔޭގެ ފެންވަރުގައި ތައާރަފްކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީތަކާއި ހިދުމަތްތައް ބަލައިގަންނަ ބަޔަކަށްވުމަކީ، އަޅުގަނޑުމެންނަށް މިފަދަ ޓެކްނޮލޮޖީ އާއި ހިދުމަތްތައް މެދުވެރިކޮށް އައު ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ލިބިގެންދާ އެންމެ ބޮޑު ހިތްވަރު،" ވިކްރަމް ވިދާޅުވެފައިވެ އެވެ.

މި ހިދުމަތްތަކުގެ އިތުރުން 10 އަހަރު ތެރޭގައި އެ ކުންފުނިން ގެނެސްދިން ތަފާތު ޕްރޮމޯޝަންތަކާއި ކެމްޕޭންތައް ވެގެން ގޮސްފައިވަނީ ކަސްޓަމަރުންނަށް ގިނަ ކުރިއެރުންތަކެއް ގެނެސްދިން ކަމަށެވެ. އެ ގޮތުން ފޯނާއި މޮބައިލް އިންޓަނެޓުގެ ޕްރޮމޯޝަންތައް ހިމެނެ އެވެ. މީގެ އިތުރުން އުރީދޫގެ މައި ކުންފުނިން ހިންގާ ކެމްޕޭންތަކުގައި ދިވެހިން ބައިވެރިކޮށްފައިވެ އެވެ. އެގޮތުން ލިއޮނެލް މެސީ އާ ބަދަލު ކުރަން ދިވެހިންނަށް ފުރުސަތު ދިނުން ހިމެނެ އެވެ. މީގެ އިތުރުން ޕެރިސް ސެއިންޓް ޖަމެއިން (ޕީއެސްޖީ) ފުޓްބޯޅަ ކޯޗިންގް ފޯ ޔޫތް އެރައުންޑް ދަ ވާލްޑް އިންދަނީ އިންސާނުންގެ ކުރިއެރުމަށްޓަކައި އުރީދޫ އާ ގުޅިގެން ކުރާ މަސައްކަތްތަކުގައި ދިވެހިން ބައިވެރިކުރުން ހިމެނެ އެވެ.