ސުޕްރިން ސަމާ ރަންވޭތަކުން މި އަހަރު އެންމެ ގިނަ މީހުންގެ ސަމާލުކަން ހޯދި އެންމެ ގިނައިން ފެނުނު ކުލައަކީ މަސްޓާޑް ޔެލޯ އެވެ. ރީނދޫ ކުލައިގެ މި ޝޭޑް ވެގެން ގޮސްފައި ވަނީ ފެޝަން އައިކަނުންގެ އިތުރުން އޮފީހަކަށް ދާ އެންމެ އާދައިގެ މީހާއަށް ވެސް ކަމުދާ ކުލައަށެވެ. މިއީ ކޮޮންފިޑެންޓް ލުކެއް މީހާއަށް ގެނެސްދޭ ވެސް ކުލައެކެވެ.
މަސްޓާޑް ޔެލޯ އާއި އެންމެ ފަސޭހައިން ގުޅުވައި ލެވެނީ އެހެން ގަދަ ކުލަކުލަ އެވެ. ފެހިކުލަ އާއި އަކްއާ އާއި ޗޮކުލެޓް ކުލަ އާއި ކަޅާއި ހުދު އަދި ގަދަ ނުލާއި ކަމުގައި ފެޝަނުގެ މާހިރުން ވިދާޅުވި އެވެ.
އައުޓްފިޓަށް މި ކުލަ ގެންނަނީ ހަމަ އެކަނި ލާ އަންނައުނުގައެއް ނޫނެވެ. ހޭންޑުބޭގާއި ފައިވާނުގައި ވެސް މަސްޓާޑް ޔެލޯ ހިމެނޭ ގޮތަށް ހެދުން އަޅާ ފުރިހަމަ ކޮށްލެވި ދާނެ އެވެ. މަސްޓާޑް ޔެލޯ އެންމެ ގިނައިން ގުޅުވައިގެން ވަރަށް ގިނަ ކުލަކުލައާއެކު ލެވެއެވެ.
މަސްޓާޑް ޔެލޯ ހެދުމެއް ލާނަމަ ކޮންމެވެސް އެހެން ގަދަ ކުލައެއްގެ ބޫޓަކަށް އެރުމުން ވެސް ސްޓައިލިޝް ލުކެއް ގެނެސް ދެއެވެ. މިއީ ގަދަ، ފާޅުކަން ބޮޑު އައުޓްފިޓްތަކަށް ލޯބި ކުރާ މީހުންނަށް ސަޅި ގޮތަކަށް ވާނެ އެވެ.
އަންހެނުންގެ ފެޝަންގެ އިތުރުން ފިރިހެނުންގެ ފެޝަނުގައި މި ކުލަ މި އަންނަނީ ހިނގަމުންނެވެ. ފިރިހެނުން އާއްމުކޮށް ލައި އުޅޭ ކެޝުއަލް ފަޓުލޫނާއި ސޯޓު ވެސް މަޑުމަޑުން މަސްޓާޑް ޔެލޯވާން ފަށައިފި އެވެ.