ގައުމީ ޔުނިވާސިޓީ

އެމްްއެންޔޫގެ ކައުންސިލް އެކުލަވައިލަން ހުޅުވާލައިފި

Aug 22, 2019

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ކައުންސިލް އަލުން އެކުލަވައިލުމަށްޓަކައި އަށް ދާއިރާއަކުން ކުރިމަތިލާން ގައުމީ ޔުނިވާ ސިޓީން ހުޅުވާލައިފި އެވެ.

ޔުނިވާސިޓީގެ އިއުލާނެއްގައި ވާ ގޮތުގައި ޔުނިވާސިޓީ ކައުންސިލްގެ މެންބަރު ކަމަށް މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ވަނަވަރު ހުށަހަޅަން ވަނީ ހުޅުވާލާފަ އެވެ.

ހުޅުވާލާފައިވާ ދާއިރާތައް

  • ތައުލީމް ދިނުމާއި އުނގެނުން
  • ސިއްހަތު
  • ޝަރީއަތާއި ގާނޫނު
  • ފިނޭންސް / ބިޒްނަސް / އެކައުންޓިން / ޓޫރިޒަމް
  • ސައިންސް / ޓެކްނޮލޮޖީ / އިންޖިނިއަރިން
  • ތިމާވެށި / ކްލައިމެޓް ޗޭންޖް
  • އާޓްސް / ކަލްޗާ / ސްޕޯޓްސް
  • ގައުމީ ސަލާމަތްތެރިކަން / ޑިޒާސްޓާ މެނޭކްމެންޓް

އެމްއެންޔޫގެ ކައުންސިލް އަލުން އެކުލަވައިލަން ހުޅުވާލާއިރު ޔުނިވާސިޓީގެ ޗާންސެލާ ކަމަށާއި ވައިސް ޗާންސެލާ ކަމަށް ވަނީ މި ހަފުތާގެ ތެރޭގައި ބޭފުޅުން އައްޔަން ކުރައްވާފަ އެވެ.